މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

                                                           ނަންބަރ: MTCC-HRAD/IU/2020/19 

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:

ޖެނެރަލް މެނޭޖަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ދާޢިމީ – 03 މަސް ދުވަހުގެ ޕްރޮބޭޝަނަށްފަހު.

މުސާރަ އާއި އިނާޔަތްތައް:        

  • މުސާރަ އާއި އިނާޔަތްތައް ޓާމަސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައި ވާނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ

ޝަރުޠު                 

  • އޭސީސީއޭ / ސީމާ ފަދަ ޕްރޮފެޝަނަލް މެމްބަރޝިޕެއް ހާސިލްކޮށްފައިވުން ނުވަތަ މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން "އެމް.ކިޔު.އޭ" ލެވެލް 7 އަދި ލެވެލް 9 އެއްގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި
  • މަދުވެގެން 10 އަހަރުގެ މަސައްކަތުގެ ތަޖުރިބާ؛ ކޯރޕަރޭޓް ބިޒްނެސްއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހު އެގްޒެކަޓިވް މަޤާމެއް ފަދަ ޒިންމާދާރު މަޤާމެއް (ޖެނެރަލް މެނޭޖަރ ނުވަތަ ވައިސް ޕްރެޒިޑެންޓް) އަދާކޮށްފައިވުން.
  • ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ބަޖެޓިންގ، ސޭލްސް، ބިޒްނަސް ޑެވެލޮޕްމަންޓް އަދި ސްޓްރެޖިކް ޕްލޭނިންގ ފަދަ ކަންކަމުގެ މައުލޫމާތު ލިބިފައި ވުމާއި އެކު އެފަދަ ނިޒާމްތަށް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
  • ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ މަޢުލޫމާތު އެގިފައިވުން އަދި ކަންކަން ދިރާސާކޮށް މައްސަލަތައް ބަލާ ލަފާދެވޭ އަދި ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދެމެހެއްޓުމުގެ ހުނަރާއި ޤާބިލްކަން ހުރުން.
  • މީހުންނާއި އެންމެ ރަގަޅަށް މުއާމަލާތުކުރުމާއި އާންމު ތަންތަނުގައި ވާހަކަ ދެއްކުން އަދި ޕްރެސެންޓޭޝަން ދިނުމުގެ ހުނަރު ލިބިފައިވުން.
  • ކޯރޕަރޭޓް ގަވަރނަންސް ތަޖުރިބާ ލިބިފައިވާ  ފަރާތްތަކަށް އިސްކަންދެވޭނެ.
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ އެވެ. މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓްއިން ލިބިލައްވާނެއެވެ.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 30 ޖެނުއަރީ 2020 ން 05 ފެބްރުއަރީ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖެނުއަރީ 2020  ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:       https://mtcc.mv/careers

ފޯން: 3001100/ 3001149 / 3001144 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

27 ޖެނުއަރީ 2020

27 ޖަނަވަރީ 2020
ހޯދާ