ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

 

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މާލެ، ދިވެހިރާއްޖެ

މިިފެކަލްޓީގެ ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާތައް:

އިންޖިނިއަރިންގ މެތެމެޓިކްސް 1، އިންޖިނިއަރިންގ މެތެމެޓިކްސް 3، ކޮމްޕިއުޓިންގ ފޯ އިންޖިނިއަރިންގ، ބޭސިކް މެނޭޖްމެންޓް އެންޑް މާކެޓިންގ، ސްޓެޓިސްޓިކް ފޯ އިންޖިނިއަރސް، ފިސިކްސް ފޯ އިންޖިނިއަރސް.

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާރސް ޑިގުރީ ހާސިލްކޮށްފައިވުން ނުވަތަ މާއްދާ އާއި ގުޅޭ ދާއިރާއިން ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައިވުމާ އެކު ޓާރޝަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެެއްގޮތަށެވެ.

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މިސެންޓަރުގެ ނަމްބަރު 3345444 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

31 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

     
15 ޖަނަވަރީ 2020
ހޯދާ