މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

އިޢުލާން

 

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-320941

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސސް/ މާލެ،

ޑިޕާޓްމަންޓް

ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސަރވިސް ޑިޕާރޓްމަންޓް، ފޮސްޓަރިންގ ރިއިންޓަރގްރޭޝަން ޔުނިޓް

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/1969.80 ރުފިޔާ (ޓެކްނިކަލް ކޯ އެލަވެންސް)
  • ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އަނިޔާ ލިބިގެން ގެނެވޭ އަންހެނުންނާއި ކުދިންނަނާއި އެނޫންވެސް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، މުޖުތަމަޢުއަށް އަނބުރާ ނެރެވޭނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ހިޔާތަކުން އަނބުރާ އާއިލަތަކާއި ހަވާލުކުރެވޭނެ އިންތިޒާމު  ހިޔާތަކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ކުރުން.
  • ކުޑަކުދިންގެ ބެލެނިވެރިކަން ދައުލަތަށް ނެގޭ ކުދިން "ފޮސްޓަރިންގ މެކޭނިޒަމް" އެއްގެ ދަށުން ޢާއިލާތަކާއި ޙަވާލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން. 
  • "ފޮސްޓަރިންގ މެކޭނިޒަމް" ގެ ދަށުން ޙަވާލުކުރެވޭ ކުދިންގެ ޙާލަތު ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުމާއި، ކުދިންގެ ޙާލަތަށް ނޭދެވޭ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭނަމަ، އެކަން ޙައްލުކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފޮސްޓަރ ކުރެވޭ ކުދިން އަނބުރާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހޭ ޙާލަތެއްގައި ނެގުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ފޮސްޓަރ ކުރަން އެދޭ ފަރާތްތަކުގެ އެސެސްމަންޓްތައް ގަވާއިދުން ހަދައި، ފޮސްޓަރ ޕެނަލްއަށް ހުށަހަޅައިގެން ޕެނަލްއިން ނިންމާގޮތެއްގެ މަތިން ފޮސްޓަރކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  • ފޮސްޓަރ ޕެނަލް ހިންގުމަށް ބޭނުންވާ އުޞޫލުތަކާއި ޤަވާއިދުތައް އެކުލަވާލުމަށް އެހީތެރިވެދީ ތަންފީޒުކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގައި ފޮސްޓަރ ކުރެވޭނެ ކުދިން މަރުކަޒުތަކާ ގުޅިގެން ބަލައި، އެ ކުދިން ފޮސްޓަރކުރުމަށް ކުރެވޭނެ މަސައްކަތްތައް ހޯދައި ބަލައި، އެ ފުރުސަތު ހޯދައި ދިނުން.
  • ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތާއި އުޞޫލުތަކާ އެއްގޮތަށް، ފޮސްޓަރ ކުރުމަށް ޙަވާލުކުރަން ނިންމާ ފަރާތްތަކާ ކުދިން ޙަވާލުކުރުމުގެ ކުރިން ޤާނޫނީ ގޮތުން ނިންމަންޖެހޭ ކަންތައްތަކާއި ކޯޓުތަކުން ނިންމަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ނިންމުން.
  • ފޯސްޓަރކުރެވޭ ކުދިން މޮނިޓަރކުރުމަށް ޕްލޭން ހަދައި، ޕްލޭންއާ އެއްގޮތަށް ގަވާއިދުން މޮނިޓަރކޮށް، ކުދިންގެ ޙާލަތު ފޮސްޓަރ ޕެނަލްއަށް ރިޕޯޓްކުރުމާއި އެ ރެކޯޑްތައް ތަރުތީބުކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  1. ސައިކޮލޮޖީ،ސޯޝަލް ވޯކް، ސޯޝިއޮލޮޖީ، ކައުންސެލިންގ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު ސައިކޮލޮޖީ،ސޯޝަލް ވޯކް، ސޯޝިއޮލޮޖީ، ކައުންސެލިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

   2. ސައިކޮލޮޖީ،ސޯޝަލް ވޯކް، ސޯޝިއޮލޮޖީ، ކައުންސެލިންގ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މިމަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ (ލައިސަންސް އޮތް) ފަރާތެއް ކަމުގައިވާންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ލައިސަންސް ހުށަހަޅުއްވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި،  ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރަންސް ޗެކް ފޯމު. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ 19 އާއި 2020 ފެބުރުވަރީ 6 އާ ދެމެދު،  މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

އިންޓަރވިއު ބާއްވާތާ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027526 ނަންބަރު ފޯނަށެވެ.އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

 

           7  ޖަނަވަރީ    2020މ

           12 ޖުމާދަލްޢޫލާ  1441ހ

 

 

     

 

07 ޖަނަވަރީ 2020
ހޯދާ