އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަންބަރު:

-

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާރވިސް

މަޤާމުއޮތް އޮފީސް:

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (5 މަސްދުވަސް)

މުސާރަ :

4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

1500.00 (އެއްހާސް ފައްސަތޭކަ ރުފިޔާ)

ބޭނުންވާ ޢާދަދު:

1 ( އެކެއް )

އިތުރު އެލަވަންސް/ އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު 700 (ހަތްސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

1-      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ ޚަރަދުތަކުގެ ޕޭމަންޓް ވައުޗަރތައް ތައްޔާރުކުރުން.
  2. ޕާޗޭސް އޯޑަރތައް އަދި ސާރވިސް އޯޑަރތައް ތައްޔާރުކުރުން.
  3. ކައުންސިލްގެ ޚަރަދު ރިޕޯޓް މަހުންމަހަށް ތައްޔާރުކުރުން.
  4. ކައުންސިލަށް ބޭނުންވާ ތަކެތި ގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  5. ކައުންސިލުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާދެއްކުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  6. ކައުންސިލަށް ލިބޭ ސިޓީ، މެސެޖުފަދަ ތަކެތި ބަލައިގަނެ ވެރިންނާ ހަމައަށް ފޯރުކޮށްދިނުން.
  7. އަމިއްލަ ފަރާތްތަކުން ކައުންސިލަށް ފޮނުވާ ސިޓީ، މެސެޖުފަދަ ތަކެތި 'ޖެމްސް' އަށް އެންޓްރީ ކުރުން.
  8. ކައުންސިލްގެ އިދާރާގެ ކައުންޓަރުގެ ޙިދުމަތް ދިނުން.
  9. އިދާރާއަށް އެކިފަރާތްތަކުން ދައްކާ ފީތަކާއި އެހެނިހެން ފައިސާ ބަލައިގަތުން.
  10. ކައުންސިލުން ހަމަޖައްސާ އެހެނިހެން ކަންކަމާގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން: %45

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ:

-          ލިބިފައިވާ މަސައްކަތުގެ ހުނަރު: %45

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

     (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
  1. ސިވިލް ސާރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 (ހ) ސިވިލްސާރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުޢައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤަޢުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 (ނ) އުވާލާފައިވާ ދަޢުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރަންސް ޗެކް ފޯމް.

ނޯޓް: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން،އިންޓަވިއުއަށް ދުރުވާއިރު މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

އެޕްލިކޭޝަންފޯމާއެކުހުށަހަޅަންޖެހޭ ހުރިހާލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު:

މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ އިންޓަރވިއު އޮންނާނީ 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:45 ގައި އދ.ކުނބުރުދޫ ކައުންސިލްގެ އިދާރާގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހަ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-          %45 (ސާޅީސް ފަސް އިންސައްތަ)

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކުރުން:

-          އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

-  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ އދ.ކުނބުރުދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 6680053 ނަންބަރު ފޯނާއެވެ.  ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާ އައްޔަންކުރުމުގެ މިންގަނޑުތަކާ އުސޫލުތައް އަދި އެއުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

31 ޑިސެންބަރު 2019
ހޯދާ