މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިންޓީރިއާ ޑިޒައިންކޮށް ފެބްރިކޭޓްކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

       މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ ސާރވިސް ކައުންޓަރުތަކާއި މިނިސްޓްރީގެ ކޮޓަރިތަކުގެ އިންޓީރިއާ ޑިޒައިންކޮށް، ފެބްރިކޭޓްކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

          ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 30 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ވެލާނާގެ، 11 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖެނުވަރީ 2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ވެލާނާގެ، 11 ވަނަ ފަންގިފިލާ ) އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

          އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޑިސެންބަރު 2019
ހޯދާ