މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ކަރަންޓް ވަޔަރ ކުރުމާއި ނެޓްވޯކް ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުން

       މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކަށް ކަރަންޓް ވަޔަރ ކުރުމާއި ނެތްވޯކް ކޭބަލް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

          ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 30 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ވެލާނާގެ، 11 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖެނުވަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 11 ވަނަ ފަންގިފިލާ) އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

          އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޑިސެންބަރު 2019
ހޯދާ