މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ވޯޓަރ ރަން" ގެ އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް

ދުނިޔޭގެ ފެނުގެ ދުވަސް ( 22 މާރިޗް ) ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށްހަމަޖެހިފައިވާ "ވޯޓަރ ރަން" ގެ އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް

ދުނިޔޭގެ ފެނުގެ ( 22 މާރިޗް ) ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށްހަމަޖެހިފައިވާ "ވޯޓަރ ރަން" އަމިއްލަ ތަކެތީގައި އަދި ސްޕޮންސަރޝިޕް މެދުވެރިކޮށް ލިބޭ ފައިނޭންސްގެ އެހީގައި އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް އާއްމުކޮށް އިޢުލާންކުރަމެވެ.

މި މަސައްކަތްކުރުމަށް ހޮވޭފަރާތަކާއިއެކު ކޮންޓްރެކްޓް ކުރެވޭނީ 4 އަހަރުގެ މުއްދަތަކަށެވެ.

އިވެންޓުމެނޭޖްކުރާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) އިންޓަރނޭޝަނަލް ނުވަތަ ނެޝަނަލް ލެވެލްގައި މަދުވެގެން 3000 މީހުން ހިމަނޭ ގޮތަށް މިފަދަ " ރަން " ތައް ކުލަގަދަކޮށް ރާވާ ހިންގުމުގެ ތަޖްރިބާ ހުރުން

(ށ) އިވެންޓް މެނޭޖްކުރުމަށްޓަކައި ޓެކްނިކަލް ކެޕޭސިޓީ (އެކިއެކި ފަންނީ މީހުންގެ) ހުރުން

ބީލަން އިވެލުއޭޓްކުރާނެ ގޮތުގެ ތަފްސީލް:

(ހ) މަދުވެގެން 3000 މީހުންނަށް އަމާޒުކޮށްގެން އިންޓަރނޭޝަނަލް ނުވަތަ ނެޝަނަލް ލެވެލްގައި މިފަދަ ރަންއެއް ރާވައި ހިންގާފައިވާ ފަރާތްތަކަށް – ޖުމްލަ 50 މާރކްސް ( ހިންގާފައިވާ ކޮންމެ އިވެންޓަކަށް 10 މާރކްސް ލިބޭނެގޮތަށް)

(ށ) އިވެންޓް މެނޭޖްކުރުމަށްޓަކައި ޓެކްނިކަލް ކެޕޭސިޓީ (އެކިއެކި ފަންނީ މީހުންގެ) ހުރުން - ޖުމްލަ 30 މާރކްސް (މަދުގެން އިވެންޓް މެނޭޖްކުރުމުގައި މާކެޓިންގ،  ޖެނެރަލް މޭނެޖްމަންޓް، ސޭލްސް، ސަޕޯރޓް ޓީމް އެކުލެވިފައިވާ ނަމަ 20 މާރކްސް ލިބޭނެގޮތަށް )

(ނ) ފެނުގެ ދުވަހުގެ " ރަން " ކުރިއަށްގެންދިޔުމަށްޓަކައި ހުށަހަޅާ ކޮންސެޕްޓް އަދި މެތޮޑޮލޮޖީ (ހުށަހަޅާ ކޮންސެޕްއަކީ އިނޮވޭޓިވް އަދި އައު ހިޔާލެއް ނަމަ 20 މާރކްސް ލިބޭނެގޮތަށް )

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ  ޕްރޮފައިލް
  • ވިޔަފާރީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ  އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ
  • ވޭދުވެދިޔަ 05 އަހަރު އިންޓަރނޭޝަނަލް ނުވަތަ ނެޝަނަލް ލެވެލްގައި ކުރިއަށްގެންދިޔަ މިފަދަ ރަންތަކުގެ ތަފްސީލް( ކްލައިންޓް، ބައިވެރިންގެ އަދަދު، އިވެންޓް ބޭއްވި އަހަރު )
  • ފެނުގެ ދުވަހުގެ އިވެންޓް ކޮންސެޕްޓް އަދި މެތޮޑޮލޮޖީ

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން 05  ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 5 ޖަނަވަރީ 2020ވަނަ ދުވަހުގެ 12:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

ޕްރޮޕޯސަލް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018446

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

25 ޑިސެންބަރު 2019
ހޯދާ