މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ!

`

 

މުޙްޔިއްދީން ސްކޫލް

 

     މާލެ،

   ދިވެހިރާއްޖެ.

                                        އިޢުލާން ނަންބަރ:IUL)MUH-01/1/2019/90)

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މުޙްޔިއްދީން ސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރ:(IUL)MUH-01/1/2019/89 އެކަށީގެންވާވަރަށް ބޭފުޅުން ކުރިމަތިލާފައި ނުވާތީ, މުޙްޔިއްދީން ސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 23 އިން 2019 ޑިސެމްބަރ 24 އަށް ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ).

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 30 ވާ ހޯމަދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙްޔިއްދީން ސްކޫލް

މާލެ

ފޯން: 7552792

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

26 ރަބީޢުލް އާޚިރު 1441

23  ޑިސެމްބަރ  2019

23 ޑިސެންބަރު 2019
ހޯދާ