މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޢިއްޒުއްދީން ސްކޫލްގެ ދަރިވަރުންނަށް ނާސްތާ ތައްޔާރުކޮށްދޭނެ ފާރާތެއް ހޯދުމަށް ބޭނުންވެއްޖެ

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ޢިއްޒުއްދީން ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2.  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރު 22 އިން 2019 ޑިސެމްބަރު 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 އަށް މިމިނިސްޓްރީގެ ކައުންޓަރަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

  3.  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރު 25 ވާ ބުދަ ދުވަހުގެ 18:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  4.  މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ މީޓިން ރޫމް 3 ގައެވެ.

  5. ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރު 31 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ މީޓިން ރޫމް 3 ގައެވެ.

  6. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8.  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޕްރޮކިއުމަންޓް ސެކްޝަން
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން
  • އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
  • ފޯން:  3341436, 3341403
  • އީ-މެއިލް: [email protected]
  • ކޮޕީ-މެއިލް: [email protected]

 

 

 

21 ޑިސެންބަރު 2019
ހޯދާ