މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ޏ.ފުވައްމުލަކު ހޮސްޕިޓަލަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ މެޝިނެއް ހޯދުމަށް

 އިޢުލާން

 

 މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ޏ.ފުވައްމުލަކު ހޮސްޕިޓަލަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ މެޝިނެއް ހޯދުމަށް ބޭނުންވެއްޖެ.  

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 24 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނުު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނުު 09:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

22 ރަބީއުލްއާޚިރު 1441

19 ޑިސެންބަރު 2019
ހޯދާ