މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލް ފަރުނީޗަރ ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1 ޢިއްޒުއްދީން ސްކޫލަށް ބޭނުންވާ ތިރީގައި މިދަންނަވާ ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު މިމިނިސްޓްރީގެ ނަންބަރު:  (IUL)22-PU/22/2019/288 އިޢުލާނާއި ގުޅިގެން ތިންފަރާތުން ބިޑް ހުށަހަޅާފައި  ނުވަތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު މިތަކެތި ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

  • 150 ސެކަންޑަރީ ޑެސްކު
  • 250 ޕްރައިމަރީ ޑެސްކު
  • 16 ޓީޗަރުންގެ މޭޒު
  • 150 ސެކަންޑަރީ ގޮޑި
  • 250 ޕްރައިމަރީ ގޮޑި
  • 16 ޓީޗަރުންގެ ގޮޑި
  • 16 ކުލާސްރޫމް ކަބަޑު
  • 16 ވައިޓް ބޯޑު

2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 17 ން 2019 ޑިސެންބަރު 22 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 22 ވަނަ ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 26 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.

5 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000 ރުފިޔާ ހުށަހަޅަންވާނެއެވެ.

6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341403, 3341436

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

17 ޑިސެންބަރު 2019
ހޯދާ