ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޗް.އާރް އޮފިސަރ

އިޢުލާން ނަންބަރު: RDC-IUL/2019/004

 ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޗް.އާރް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 1

މުސާރަ:

މަހަކު -/5500ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

-   އެހެނިހެން އެލަވަންސް: -/2200ރ

އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ)

ފެންވަރު ނުވަތަ ޝަރުތު:

-    'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-      ބިދޭސީ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ އެކްސް.ޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

-      އާރު.ޑީ.ސީ އަށް ރެކްރރޫޓް ކުރަން ބޭނުންވާ މުވައްޒަފުންނާއި މިހާރު ވަޒީފާގައިއުޅޭ މުވައްޒަފުންގެ އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާ ކަނޑައެޅިފައިވާ މުއްދަތަށް އިމިގްރޭޝަންއަށް ހުށަހެޅުން.

-      އަލަށް ގެނެވޭ މުވައްޒަފުންގެ ވަޒީފާ އެއްބަސްވުން ތައްޔާރުކުރުމާއި ވިސާއަށް ބޭނުންވާ މެޑިކަލްގެ އެންމެހާ ކަންތައްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ އެމުވައްޒަފުންގެ މަޢުލޫމާތު ރެކްރޫޓްމަންޓުގެ ރަޖިސްޓްރީއަށް އެންޓަރކޮށް އެމުވައްޒަފުންގެ ފިންގަރޕްރިންޓުނަގައި މުވައްޒަފުގެ ސްޓާފް ކާޑް ތައްޔާރުކުރުން.

-      ވަޒީފާއަށް އަލަށް ނިކުންނަ ބިދޭސީ މުވައްޒަފުން ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް ސޮއިކުރުމަށްފަހު ފައިލަށް ބޭނުންވާނެ އެންމެހާ ލިޔެކިޔުންތަށް އެމުވައްޒަފުން އަތުން ހޯދާ ކޮންމެ މުވައްޒަފަކަށް ވަކި ޕާރސަނަލް ފައިލްއެއް ތައްޔާރުކޮށް އެމުވައްފުންގެ މައުލޫމާތު ރަޖިސްޓްރީއަށާއި އެޗް.އާރް.ސިސްޓަމަށް އަޕޮޑޭޓްކުރުން.

-      ބިދޭސީ މުވައްޒަފުންގެ ހާޒިރީ މަސައްކަތް ކުރުން.

-      މި ކުންފުނީގެ މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މެޑިކަލް އިންޝުއަރަންސް ހެއްދުމަށް ބޭނުންވާ ލިޔެކިޔުންތައްތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް އިންޝުއަރކުރުމަށް ހުށަހެޅުން.

-      މި ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޓްރެވަލލިން އައިޓަނަރީގައިވާ ގަޑިތަކަށް އެފަރާތްތަށް ބަލާ އެއަރ ޕޯޓަށް ދިއުމާއި އެމީހުން މާލެގެނެސް ހަމަޖެހިފައިވާ އެކަމަޑޭޝަންތަކަށްލުން

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 2019 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-    މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެމްބަރ / 2020 ޖެނުއަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

19 ރަބީޢުލް އާހިރު 1441

16 ޑިސެމްބަރ 2019

16 ޑިސެންބަރު 2019
ހޯދާ