މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްގައި ކުރަންހުރި މަރާމާތުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު  (2 ވަނަ ފުރުޞަޠު)

2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާ ގުޅޭ.

1. 2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 11 ން 2019 ޑިސެމްބަރ 15 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މާކުރަތު ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 15 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 16 ވާ ހޯމަ ދުވަހުގެ 11:00 ގައި މާކުރަތު ސްކޫލުގައެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 22 ވަނަ ދުވަހުގެ 11:00 ގައި މާކުރަތު ސްކޫލުގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ފޯން:  6580333

އީ-މެއިލް: [email protected]     

ކޮޕީ-މެއިލް: [email protected]

11 ޑިސެންބަރު 2019
ހޯދާ