ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ޖަމާލުއްދީން ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

1. މި ސްކޫލްގެ ގޯތިތެރެއާއި އެންމެހައި ޢިމާރާތްތަކާއި ޢިމާރާތްތަކުގައިވާ ތަކެއްޗާއި އިންފާރުގެ ވަށައިގެންވާ މަގުތަކުގެ ސެކިޔުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 12 އިން 2019 ޑިސެންބަރު 16 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:30 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

3. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 16 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 17 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި ސްކޫލްގައެވެ.

6. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޖަމާލުއްދީން ސްކޫލް

މާލެ،

ފޯން: 3324415

އީ-މެއިލް: [email protected]

11 ޑިސެންބަރު 2019
ހޯދާ