ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން

އިޢުލާން

ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން

                 މިސްކޫލުގެ ނަންބަރު GS93/I/2019/35  ( 20 ނޮވެމްބަރ 2019 ) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެފުރުސަތު އަލުން ހުޅުވާލަމެވެ.

 2020 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގައިވާ ގޮތަށް ދިވެހިރާއްޖޭގެ ވިޔަފާރިއާއިބެހޭ އިދާރާގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ވިޔަފާރި ރަޖިސްޓްރީނެތް އަމިއްލަ ފަރާތްތަކުން 2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ  11:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 ޑިސެންބަރު 12 ވާ ބުރާސްފަތި ދުވަހު ހެނދުނު 11.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް އޮންނަންވާނެއެވެ.

      އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6520534 އާއި ގުޅުއްވުން އެދެމެވެ.

 

ނޯޓް: ވިޔަފާރި ރަޖިސްޓްރީނެތް ފަރާތަކުން މަޢުލޫމާތު ސާފްކޮށް ބިޑް ހުށަހެޅުމަށްފަހު، ބިޑް އެފަރާތަކަށް އެވޯޑް ކުރެވިއްޖެނަމަ 1 މަސްދުވަހުގެ ތެރޭގައި ވިޔަފާރިއާއި ބެހޭ ޤާނޫނުގައިވާގޮތަށް ވިޔަފާރި ރަޖިސްޓްރީކޮށް ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ސްކޫލަށް ހުށައަޅަންވާނެއެވެ.

 

05 ރަބީޢުލްއާޚިރު 1441

02 ޑިސެމްބަރ 2019

02 ޑިސެންބަރު 2019
ހޯދާ