އ.އ. ހިމަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެޑްމިނިސްޓްރޭޓިވެ އޮފިސަރ (ވަގުތީ)
ބޭނުންވާ އަދަދު :1

 

ނަންބަރު:  (IUL)U9-HHC/INDIV/2019/02

ވަޒީފާގެ ފުރުޞަތު

 

މިޞިއްޙީ މަރުކަޒުގެ ތިރީގައި މިދަންނަވާ މަޤާމުގައި ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް

ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ވަގުތީ  

މަޤާމުގެ ރޭންކް

ޖީ.އެސް. 3

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ. ހިމަންދޫ ޞިއްޙީ މަރުކަޒު

މުސާރަ

 -/4465 ރުފިޔާ

ސަރވިސް އެލަވަންސް

 -/1500 ރުފިޔާ

އެހެނިހެން އެލަވަންސް

1.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

3.ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

4.ސަޕޯޓިން ކޯއެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

  1. އިދާރީ މުވައްޒަފުންނާއި، އޮންކޯލް މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުމާއި، މީޓިން ތާވަލާއި، އޮފީސްހުޅުވާލައްޕާ ތާވަލްހަދައި ގަވައިދުން މަހަކު އެއްފަހަރު އަޕްޑޭޓްކޮށް ނޯޓިސްބޯޑަށް ނެރުމާއި، މިނޫންވެސް އާއްމުކޮށް ފެންނަންޖެހޭ ހުރިހާ ލިޔެކިޔުމެއް ނޯޓިސްބޯޑަށް އެރުވުމާއި، އަދި އޮފީސް ހުޅުވާ ލެއްޕުމުގެ ތާވަލާ އެއްގޮތަށް އޮފިސްހުޅުވާ ލެއްޕުމުގެ އެންމެހާ އިންތިޒާމްތަކެއް ރާވާ ބެލެހެއްޓުން.
  2. ސިއްޙީ މަރުކަޒަށް ލިބޭ އެއްމެހާ ލިޔުން ތައް އެންޓްރީ ކުރުމާއި، ފައިލް ކުރުމާއި، އަދި ސިއްޙީމަރުކަޒުގައި ލިޔަންޖެހޭ ސިޓީއާއި، މެސެޖް އަދި ރިޕޯޓްތައް ލިޔެ ފޮނުވާ ގަވާއިދުން ބެލެހެއްޓުން.
  3. ސިއްޙީ މަރުކަޒުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން އަދި އިދާރީ ރިޕޯޓްތައް ތައްޔާރުކޮށް ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. މަރުކަޒަށްބޭނުންވާ ތަކެތި ހޯދުމާއި، ނެގޭ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  5. މުވައްޒަފުންގެ ހާޞިރީ ބެލެހެއްޓުމާއި، އަދި ކޮންމެމަހެއްނިމުމުން އެމަހެއްގެ ހަޞިރީ ރިޕޯޓް ހެދުން، މުވައްޒަފުންގެ ސަލާމާއި، ޗުއްޓީ ރިކޯޑްތައް، ޕާރސަނަލް ފައިލްތަކާއި އަދި އެނޫންވެސް ފައިލްތައްހަދާ ބެލެހެއްޓުން.
  6. މަރުކަޒަށް ޒިޔާރަތްކުރާ ސިއްޙީ ޓީމްތަކުގެ މަސައްކަތުގައި މަރުކަޒުހިންގުމާއި ހަވާލުވެހުންނަވާ އިސްވެރިޔާގެ ލަފާގެ މަތިން އެހީތެރިވުން.
  7. ހެލްތް ސެންޓަރ ބަންދު ގަޑިތަކުގައި ދިމާވާ އެމެޖެންސީ ކަންކަމުގައި ހެލްތް ސެންޓަރ އިންޗާރޖަށް އެހީތެރިވުން.
  8. ޞިއްޙީ މަރުކަޒުގެ އީދާރީ އަދި މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުމުގައި ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ހަވާލުވެހުންނަވާ ބޭފުޅާއަށް އެހީތެރިވެދިނުން.
  9. މަރުކަޒުގެ މަރާމާތުގެ ކަންކަންކަމާއި، ނީލަމާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުން.
  10. މިގެ އިތުރުންވެސް ޞިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނަވާ ވެރިއެއްގެ މަސައްކަތުގައި އެހީތެރިވެ، ކުރަންޖެހޭ މުހިންމު މަސައްކަތްތަކުގައި ބައިވެރިވެ ޢަމަލީ ގޮތުން ހަރަކާތްތެރިވުން.

 

މަޤާމުގެ ޝަރުތު

ސާނަވި ނުވަތަ އެއާއިއެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާންގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތަށް

އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި، މިމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

 

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މިނިސްޓްރީ އޮފް ހެލްތާއި، ސިވިލްސަރވިސްގެ ވެބުސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޑިސެމްބަރ 2019 ވާބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، އއ. ހިމަންދޫ ޞިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6660857 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2019 ވަނައަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި މިމަރުކަޒުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީހުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މައުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ 6660857 ނަންބަރަށެވެ.

 

29 ރަބީއުލްއައްވަލް 1441

26 ނޮވެމްބަރ 2019

26 ނޮވެންބަރު 2019
ހޯދާ