މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

މަގާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ ޢަދަދު

1 (އެކެއް)

މަގާމުގެ ގިންތި

ދާއިމީ

މަގާމުގެ ނަންބަރު

J-317296

މަގާމުގެ ރޭންކް

އީ.އެކްސް-3

މަގާމުގެ ކްލެސިފިކޭޝަން

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

އޮފީސް

މިނިސްޓްރީ އޮފް ޑިފެންސް، މާލެ

ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭތަން

މިނިސްޓްރީ އޮފް ޑިފެންސް، މާލެ

މުސާރަ

މަހަކު 11,065.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2,000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް-2

މަހަކު 1,300.00 ރުފިޔާ

އެހެނިހެން އެލަވަންސް

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35.

3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން ޑިވިޝަން ހިންގުމުގައި ޕަރމަނަންޓް ސެކްރެޓަރީގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2- ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، މެއިންޓެނަންސް އެންޑް ލޮޖިސްޓިކްސް ސެކްޝަނާއި، ކެމިކަލް މެނޭޖްމަންޓް ޔުނިޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ހެދުމުގައި އަމަލީގޮތުން އިސްނަގައިގެން މަސައްކަތްކުރުން.

3-  އެކްޝަން ޕްލޭން ހިންގުމަށް ބޭނުންވާ ބަޖެޓް ދުރާލާ ތައްޔާރުކުރުމާއި، އެކްޝަން ޕްލޭންގައި ކުރަން ރާވާފައިވާ ކަންތައްތައް ތަންފީޒުކުރުން.

4-  އެޑްމިނިސްޓްރޭޝަން ޑިވިޝަންގައި ހަދަންޖެހޭ އެންމެހާ އެސް.އޯ.ޕީތައް ހަދާ، މުވައްޒަފުން އެސް.އޯ.ޕީ ތަކަށް އަހުލުވެރިކޮށް، އެސް.އޯ.ޕީތަކާ އެއްގޮތަށް ޢަމަލު ކުރަމުންދާކަން ކަށަވަރު ކުރުން.

5-  އެޑްމިނިސްޓްރޭޝަން ޑިވިޝަންގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ އިންތިޒާމް ރާވާ ހިންގުމާއި، މުވައްޒަފުންގެ މަސައްކަތް ގަވައިދުން މޮނީޓަރ ކުރެވެމުންދާކަން ކަށަވަރުކުރުން. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތަކަކީ ކޮބައިތޯ ދެނެގަނެ، ޓްރޭނިންގް ޕްލޭން ތައްޔާރުކުރުން.

6-  މިނިސްޓްރީގެ ހަރުމުދަލުގެ ރަޖިސްޓްރީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބަލަހައްޓަމުންދާކަން ކަށަވަރުކުރުން. އަދި ނީލަންކިޔާ / ނައްތާލަންޖެހޭ ތަކެއްޗާމެދު ޢަމަލު ކުރަން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އަމަލު ކުރަމުން ގެންދިއުން.

7- މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކުރަމުންދާކަން ކަށަވަރުކުރުން.

8- މިނިސްޓްރީގެ މެއިންޓަނަންސް މަސައްކަތްތައް ހަރުދަނާ އިންތިޒާމެއްގެ ދަށުން ބެލެހެއްޓުން.

9- ޤާނޫނު ނަންބަރު  4/75ގެ ދަށުން މިނިސްޓްރީއިން ޢަމަލު ކުރަންޖެހޭ ކަންތައްތައް ކުރުން. 

މަގާމުގެ ޝަރުތުތައް

1- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ގަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި  މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނަށް (ކަނޑައަޅާފައިވާ އިންސައްތަ %25)

2. މަސައްކަތުގެ ތަޖުރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ %25(

3- ލިބިފައިވާ ހުނަރަށް (ކަނޑައަޅާފައިވާ އިންސައްތަ %50)

ނޯޓް: މި މަގާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސްފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިދާރާގެ www.defence.gov.mv ވެބްސައިޓުން މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2019 ނޮވެންބަރު 20 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް އަދި ފެކްސް 3325525 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިންޓަވިއު/ޕްރެޒެންޓޭޝަން/

ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ނޮވެންބަރު 24 އިން 28 އަށް މިނިސްޓްރީ އޮފް ޑިފެންސް ގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި ތާރީޚުތަކުގައި އިންޓަރވިއުއަށް ތައްޔާރުވެގެންތިބުން އެދެމެވެ. މީގެ އިތުރުން މިމަގާމަށް ކުރިމަތިލާ ފަރާތްތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމާއި ޕްރެކްޓިކަލްސް އޮންނާނެއެވެ. ޕްރެޒެންޓޭޝަން ހުށަހަޅާނީ އިންޓަރވިއުއަށް ހާޒިރުވާއިރުގައެވެ. ޕްރެކްޓިކަލްސް އޮންނާނެ ދުވަހާއި ގަޑި އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް 02 ދުވަސްކުރިން އަންގާނަމެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724، އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3325525 އެވެ.

އީ މެއިލް ކުރާނީ [email protected] އަށެވެ.

  • ނޯޓް: މި އިޢުލާން ކުރުމާއިގުޅިގެން މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު:(IUL)28-PM-1/1/2019/93 (05 ނޮވެންބަރު 2019) އިޢުލާން ބާތިލުވާނެއެވެ.

       10 ރަބީޢުލްއައްވަލު 1441

07 ނޮވެންބަރު 2019
ހޯދާ