މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު

ދިވެހިރާއްޖެއިން މިނަމާޓާ ކޮންވެންޝަން އޮން މަރކުއިރީ މުއާހަދާ ތަސްދީގު ކުރުމަށް މަރކުއިރީ އިންވެންޓްރީ އެއް ތައްޔާރުކުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ހިލޭ އެހީއާއިއެކު ތައްޔާރުކުރެވޭ "މިނަމާޓާ އިނިޝިއަލް އެސަސްމަންޓް"ގެ ލޭއައުޓު ހަދާ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުތުހަމަވާ ވަކިވަކި ފަރުދުން 13 ނޮވެމްބަރ 2019 ދުވަހުގެ 00:10 ގެކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާއި ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، މަސައްކަތް ކުރުމުގެ ޓައިމްލައިން، އަދި  މަސައްކަތުގެ އަގު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާނީ 13ނޮވެމްބަރ 2019  10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހުން ހުށައަޅާ ބީލަންތަކާއި ކުރިންދެންނެވުނު ކަންތައްތައް ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ

ބީލަންތަށް ހުޅުވާނީ   13 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 10:00 ޖަހާ އިރު އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

 

ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

Do not Open Before 13  November 2019 at 10:00 – Recruitment of Layout Desginer for the Minamata Initial Assessment Report and the submitting party’s name and address.

 

Procurement Section                                                                                              

Ministry of Environment

Green Building, Handhuvaree Hingun, Maafannu

Male’, 20392, Republic of Maldives

Email: [email protected]

Web site:  http://www.environment.gov.mv

އިތުރުމައުލޫމާތު:

ފޯން: 3018300 / 3018353

އީމެއިލް: [email protected]

06 ނޮވެންބަރު 2019
ހޯދާ