މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު ރައްޔިތުންގެ މަސްދޯނީ (ދުވާފަރު ދިރުން) ގައި ކުރަންހުރި ބައެއް މަރާމާތު މި އިދާރައިން ތަކެތި ދިނުމުން ކޮށްދޭނެ ފަރަތެއް ހޮދުން

c

`

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ                     

      ރ. ދުވާފަރު، ދިވެހިރާއްޖެ                                ނަމްބަރ: (IUL)304-EDS/304/2019/60

 

އިޢުލާނު

ނަމްބަރ: (IUL)304-EDS/304/2019/60

ތާރީޚް: 23 އޮކްޓޯބަރ 2019

ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނީ (ދުވާފަރު ދިރުން) ގައި ކުރަންހުރި ބައެއް މަރާމާތު މި އިދާރާއިން ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

                    ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނީގައި ކުރަންހުރި ބައެއް މަރާމާތުތައް މި އިދާރާއިން މަރާމާތައް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އެމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

31 އޮކްޓޯބަރ 2019

ބުރާސްފަތި

މެންދުރު 13:30

ބިޑް ހުށަހެޅުން

06 ނޮވެމްބަރ 2019

ބުދަ

މެންދުރު 13:30

                   އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާއިރު ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ނުގެންނެވި ނަމަވެސް، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައިނަމަ، ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ. ކުންފުންޏަކުންނަމަ ކުނފުނީގެ ލެޓަރހެޑް ގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭ ގޮތަށް ލިޔުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • އަގު:  %70
  • މަސައްކަތުގެ ތަޖުރިބާ: 
  • މުއްދަތު: 
  • ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ %5 (މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވާންޖެހޭނެއެވެ.)

                  ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މި މަސައްކަތާއި ގުޅޭ ދާއިރާއަކުން، މަސައްކަތް ކޮށްފައިވާ ތަނަކުން އެތާނގެ ލެޓަރ ހެޑުގައި ލިޔެ އެތާނގެ ތައްގަނޑު ޖަހާ ވެރިއަކު ސޮއިކޮށްފައިވާ ލިޔުން ހުށަހެޅުމުންނެވެ.

                   ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                   24 ޞަފަރު 1441

                   23 އޮކްޓޯބަރ 2019

 

                                                             ޙައްވާ ސަމީލާ

                                                    ރ. ދުވާފަރު ކައުންސިލްގެ ނާއިބު ރައީސް

 

23 އޮކްޓޫބަރު 2019
ހޯދާ