މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ިއިންޓާންޝިޕްގެ ފުރުސަތު

އިންޓާންޝިޕްގެ ފުރުސަތު

 

މަޤާމު: ބަޔޯޑައިވާސިޓީ އިންޓާން

މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މާލެ، ދިވެހިރާއްޖެ

އިންޓާންޝިޕްގެ މުއްދަތު: 3-6 މަސް

އަދަދު: 1

 

މަސްޢޫލިއްޔަތު:

ބަޔޯޑައިވާސިޓީ އިންޓާންގެ މައިގަނޑު މަސައްކަތްތަކަކީ:

  1. ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ފޮތެއް ނެރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ފޮތުގެ ޑްރާފްޓު ހެދުން
  2. ދިރޭތަކެތީގެ ނަސްލާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ތަކެތީގެ މައުލޫމާތާއި ސްޓެޓިސްޓިކްސް އެކުލަވާލުން.

 

ހުންނަންޖެހޭ ޝަރުތުތައް:

  • ދިވެހި ރައްޔިތަކަށްވުން
  • އެނަލިސިސް ހެދުމުގެ ޤާބިލްކަންހުރުން؛ ކަންކަން ރާވާ އިންތިޒާމްކުރުމުގެ ހުނަރުހުރުން؛ އެހެން މީހުންނާއި ގުޅިގެން މަސައްކަތްކުރުން
  • ދިވެހި ބަހާއި އިގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކާ ލިޔުމުގެ ޤާބިލުކަންހުރުން
  • މައިކްރޯސޮފްޓް އޮފިސް ޕެކޭޖަށް އަހުލުވެރިވުމާއި ކޮމްޕިއުޓަރުން ކުރާ ގްރެފިކްސްގެ މަސައްކަތަށް އަހުލުވެރިވުން
  • އޭލަވަލް ނުވަތަ އެއަށްވުރެމަތީ ފާހެއް އޮތުން

އިތުރު ބަޔާން:

  • އިންޓާންގެ މެޑިކަލް އިންޝުއަރެންސް އަދި އިންޓާންޝިޕްގެ މައްދަތުގައި ދިމާވެދާނެ އެއްވެސް އެކްސިޑެންޓެއް ނުވަތަ ބައްޔެއްގެ ފަރުވާއަށް މިމިނިސްޓްރީއިން ޒިއްމާނުނަގާނެކަމަށް ދަންނަވަމެވެ.
  • މިއިންޓާންޝިޕަށް ހޮވޭ ފަރާތަކަށް މިނިސްޓްރީން މުސާރަ ކަނޑައަޅާފައިނުވާނެއެވެ.

 

މިއިންޓާންޝިޕަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން މިއިންޓާންޝިޕަށް ކުރިމަތިލުމުގެ މަޤްސަދާއި ބޭނުން ބަޔާންކޮށް ސިޓީއެއް އަދި ވަނަވަރު، 22 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުމަށް އެދެމެވެ. މި ލިޔުންތައް އީމެއިލްގެ ޒަރިއްޔާއިން [email protected]  މި އީމެއިލް އެޑްރެހަށް ވެސް ހުށަހެޅުއްވި ދާނެއެވެ.

މި އިންޓާންޝިޕަށް އެއް ފަރާތަށް ވުރެއް ގިނަ ފަރާތުން ހުށަހަޅައިފިނަމަ، މި އިންޓާންޝިޕަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ އިންޓަވިއުއިންނެވެ.  

          17 އޮކްޓޯބަރ 2019

19 އޮކްޓޫބަރު 2019
ހޯދާ