އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުލާ ސަރަހައްދަށް ބަދަލު ގެނައުން

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު:(A)CA-2014/207 (06  މާރިޗު 2014) ގެ އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ވޯޓުލާ ސަރަހައްދަށް ބަދަލު ގެނައުން

2014 މާރިޗު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މި ދަންނަވާ 6 ރަށުގައި، އެހެނިހެން ރަށްރަށުގެ މީހުން ވޯޓުލުމަށް ބަހައްޓާގޮތަށް ހަމަޖައްސާފައިވާ 6 ވޯޓުފޮށި ނުބަހައްޓާގޮތަށް ހަމަޖެއްސުމާގުޅިގެން، ތިރީގައިމިވާ 6 ވޯޓުފޮށީގެ ވޯޓުލާ ސަރަހައްދަށްވަނީ ބަދަލުގެނެވިފައެވެ. މިގޮތުން، މި ވޯޓުފޮށިތަކުގެ ވޯޓުލާ ސަރަހައްދަށް ގެނެވުނު ބަދަލުތައް މިދަންނަވަނީއެވެ.

              
  

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

  
  

ވޯޓުލާ ސަރަހައްދު މިހާރު ހަމަޖެހިފައިވާ ގޮތް

  
  

ވޯޓުފޮށީގެ ނަން

  
  

ވޯޓުފޮށީގެ ނަންބަރު

  
  

#

  

އއ. ފެރިދޫ

އއ. އަތޮޅު މަދަރުސާ

މި ފޮށްޓަށް މިހާރު ވޯޓުލުމަށް  ހަމަޖެހިފައިވަނީ  އއ. ފެރިދޫ ރައްޔިތުންނާއި،  އއ. ފެރިދޫގައި ބެހެއްޓުމަށް އިޢުލާނުކޮށްފައިވާ އއ. ފެރިދޫ-2 ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

އއ. ފެރިދޫ-1

U01.06.1

1

އއ. ހިމަންދޫ

ހިމަންދޫ ސްކޫލް

މި ފޮށްޓަށް މިހާރު ވޯޓުލުމަށް  ހަމަޖެހިފައިވަނީ  ހިމަންދޫ ރައްޔިތުންނާއި، ހިމަންދޫގައި ބެހެއްޓުމަށް  އިޢުލާނުކޮށްފައިވާ އއ. ހިމަންދޫ-2 ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

އއ. ހިމަންދޫ-1

U01.08.1

2

އދ. ހަންޏާމީދޫ

ހަންޏާމީދޫ މަދަރުސާ

މި ފޮށްޓަށް މިހާރު ވޯޓުލުމަށް  ހަމަޖެހިފައިވަނީ  ހަންޏާމީދޫ ރައްޔިތުންނާއި  ހަންޏާމީދޫގައި ބެހެއްޓުމަށް އިޢުލާންކޮށްފައިވާ އދ. ހަންޏާމީދޫ-2 ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ  މީހުންނެވެ.

އދ. ހަންޏާމީދޫ-1

I02.01.1

3

އދ. މަންދޫ

މަންދޫ ސްކޫލް

މި ފޮށްޓަށް މިހާރު ވޯޓުލުމަށް  ހަމަޖެހިފައިވަނީ މަންދޫ ރައްޔިތުންނާއި މަންދޫގައި ބެހެއްޓުމަށް  އިޢުލާންކޮށްފައިވާ އދ. މަންދޫ-2 ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

އދ. މަންދޫ-1

I03.05.1

4

ކ. ގާފަރު

ގާފަރު މަދަރުސާ   ހޯލުގެ ހުޅަނގުގައި

މި ފޮށްޓަށް މިހާރު ވޯޓުލުމަށް  ހަމަޖެހިފައިވަނީ ގާފަރު ރައްޔިތުންނާއި ގާފަރުގައި ބެހެއްޓުމަށް  އިޢުލާންކޮށްފައިވާ  ކ. ގާފަރު-2 ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ  މީހުންނެވެ.

ކ. ގާފަރު-1

H01.02.1

5

ކ. ހިންމަފުށި

ހިންމަފުށީ ސްކޫލް

މި ފޮށްޓަށް މިހާރު ވޯޓުލުމަށް  ހަމަޖެހިފައިވަނީ ހިންމަފުށީ ރައްޔިތުންނާއި ހިންމަފުށީގައި ބެހެއްޓުމަށް  އިޢުލާންކޮށްފައިވާ ކ. ހިންމަފުށި-2 ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ކ. ހިންމަފުށި-1

H02.06.1

6

            05 ޖުމާދަލްއޫލާ   1435

06 މާރިޗު 2014
ހޯދާ