މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                            ނަންބަރ: MTCC-HRAD/IU/2019/171

 އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

އައި.ސީ.ޓީ ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

ނެޓްވާރކް ޓެކްނީޝަން

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު(

މުސާރަ އާއި އިނާޔަތްތައް:        

  • 8000/-ރ (މަހަކު)
    • ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް

އެޑިޔުކޭޝަނަލް އެލަވަންސް:

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ : 1100/-

މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވާނަމަ : 2200/-

ޝަރުޠު                 

  • ޖީ.ސީ.އީ އޯ ލެވެލް ފުރިހަމަ ކޮއްފައިވުން ނުވަތަ އައިޓީ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
  •  ނުވަތަ މިދާއިރާގައި މަދުވެގެން  02 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ސީ.ސީ.އެން.އޭ ނުވަތަ ކޮމްޕް ޓިއާ ނެޓް ވާރކް ގެ ތަޖުރިބާ ލިބިފައިވުން.
  • ނެޓް ވާރކް މަސައްކަތްކުރުމުގެ ތަޖުރިބާ؛ ޕީ.ސީ އޮޕަރޭޓިންގ، ހާރޑްވެއަރ އަދި ނެޓް ވާރކް ސްވިޗިންގ މަސައްކަތް، ރައުޓަރ، ކޭބަލް ކުރުމާއި ކޭބަލް ޓަރމިނޭޓް ކުރުން. 
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.   

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާރޓްމަންޓްގައި ކަނޑައެޅިފައިވާ ޢުސޫލާއިއެއްގޮތަށް ކުންފުނީގެ އިންފޮރމޭޝަން ސިސްޓަމް އެންޑް ކޮމިއުނިކޭޝަން ގެ އެންމެހާ ކަންތައްތަކަށް ބޭނުންވާ ނެޓްވާރކް  ސަޕޯރޓް ދިނުން..

އެޗްއާރު އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

އެސިސްޓެންޓް ހިއުމަންރިސޯސް އޮފިސަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރަ އާއި އިނާޔަތްތައް:        

  • -/6500ރ (މަހަކު)
    • ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް

އެޑިޔުކޭޝަނަލް އެލަވަންސް:

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ : 1100/-
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވާނަމަ : 2200/-

ވަޒިފާ އަދާކުރަންޖެހޭ ތަން:

އެމްޓީސީ ޓަވަރ

ޝަރުޠު                 

  • ޖީ.ސީ.އީ އޯ ލެވެލް ފުރިހަމަ ކޮއްފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
  • އެކްސްޕެޓް އޮންލައިން ސިސްޓަމަށް ފަރިތަވުން.
  • މައިކްރޮސޮފްޓް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ބިދޭސީ މުވައްޒަފުންގެ ވިސާ ފީ އާއި ވޯކްވިސާ އައުކުރުމަށް ބޭނުންވާ ލިޔެކިޔުންތަށް ތައްޔާރުކުރުމާއި އައުކުރުމަށް އިމިގްރޭޝަނަށް ދިޔުން.
  • ބިދޭސީ އަދި ދިވެހި މުވައްޒަފުންގެ ވަޒީފާއާއި ގުޅޭ ލިޔެކިޔުންތަށް ތައްޔާރުކޮށް ބެލެހެއްޓުން.
  • ބިދޭސީ މުވައަޒަފުންގެ ޕާސްޕޯރޓް ބެލެހެއްޓުން.
  • ބިދޭސީ މުވައްޒަފުންގެ ވޯކްޕާރމިޓަށް އެދި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހެޅުން.
  • ބިދޭސީމުވައްޒަފުންގެ ފިސާ ފީ، ވޯކްވިސާ، ޕާސްޕޯޓް އަދި ވޯކްޕާމިޓްގެ އެންމެހައި ކަންތަށް ބެލެހެއްޓުން.
  • މުވައްޒަފުންގެ މެޑިކަލް ކަންކަމުގައި ހޮސްޕިޓަލްތަކަށް ދިޔުން.

 

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001100/ 3001149 / 3001139 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

16 އޮކްޓޯބަރ 2019

16 އޮކްޓޫބަރު 2019
ހޯދާ