ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީހިސާބުބޭނުންވެއްޖެ

 

ކަޅުވަކަރު މިސްކިތާއި ލޭންޑްސްކޭޕަށް ބޭނުންވާ ލައިޓްސް އަދި އެކްސެސަރީޒް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް  (IUL)222-AH/INDIV/2019/51 (04 ސެޕްޓެމްބަރ 2019) ކުރި ފުރަތަމަ އިއުލާނަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅުންވަން ހާޒިރުވެފައިނުވާތީ އެއިއުލާން ބާތިލުކޮށް އަލުން އެތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކުރަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 ސެޕްޓެމްބަރ 2019 އިން 03 ސެޕްޓެމްބަރ 06 އޮކްޓޯބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުޅުވުން އޮންނާނީ 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު / ޤައުމީ ދާރުލްއާސާރުގެ ޖަލްސާކުރާ މާލަމުގައެވެ.
  • އަންދާސީ ހިސާބު ހުށަހެޅޭނީ ނަންނޯޓް ކުރެއްވުމަށް ދެވުނު މުއްދަތުގައި ނަންނޯޓް ކުރެއްވި ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ނޯޓް: މި ޕްރޮޖެކްޓުގައި ނަންނޯޓް ކުރުމުގެ އިންތިޒާމު މިމަރުކަޒުގެ ރިސެޕްޝަންގައި ހަމަޖެހިފައިވާނެއެވެ. މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާހާއި ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  • މި މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމެންޓް ޔުނިޓް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ޤައުމީ ދާރުލްއާސާރު 

ޗާންދަނީމަގު، މާޅެ، ދިވެހިރާއްޖެ

ފޯން: 3340202، 3340203

އީ-މެއިލް: [email protected]

ކޮޕީ މެއިލް: [email protected]

‏‏

30‏ މުޙައްރަމް‏ 1441

29 ސެޕްޓެމްބަރ 2019

29 ސެޕްޓެންބަރު 2019
ހޯދާ