މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކާބޯތަކެތި އަދި ފުޑް ސަޕްލިމެންޓާއި ގުޅޭ

ތަފާތު ވައްތަރުގެ ކާބޯތަކެތި އަދި ފުޑް ސަޕްލިމެންޓް އެއިން އެކި ފައިދާތައް ކުރާކަމަށާއި ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަށްބުނެ އިސްތިހާރުކޮށް ވިއްކުމާއި ބޭނުން ކުރުންދަނީ އިތުރުވަމުންނެވެ. ސާބިތު ނުހިފޭ ކްލެއިމްސްތަކާއިއެކު ކާބޯތަކެއްޗާއި ފުޑް ސަޕްލިމެންޓް ބޭނުން ކުރުމަކީ އޭގެ ސަބަބުން ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެނީ މީގެތެރެއިން ގިނަ ޕްރޮޑަކްޓްތަކަކީ ޞައްޙަކަން ސާބިތުކުރެވިފައިވާ ޕްރޮޑްކްޓްތަކެއް ނޫނެވެ.

         އަދި ދަންނަވަމެވެ. ދިގު މުއްދަތަށް ބޭސްފަރުވާކުރާ ފަރާތްތައް އަމިއްލައަށް ޑޮކްޓަރީ ބޭސް ހުއްޓާލާ، ފުޑް ސަޕްލިމަންޓް ފަދަ ތަކެތި ބޭނުންކުރުމަކީ ބަލި މީހާގެ ފުރާނައަށް ނުރައްކާ ވެދާނެކަމެކެވެ. މިގޮތަށް ޑޮކްޓަރީ ބޭސް ހުއްޓާލާ މިފަދަ ޕްރޮޑަކްޓް ބޭނުން ކުރަންވާނީ ޑޮކްޓަރެއްގެ ލަފާއާއި އިރުޝާދާ އެކުއެވެ.

         ވީމާ، ފުޑް ސަޕްލިމެންޓް އަދި ކާބޯތަކެތި ތަފާތު ކްލެއިމްސްތަކާއިއެކު އާއްމުންނަށް އޮޅުން އަރާފަދަ ގޮތަކަށް އިސްތިހާރުކޮށް ނުވިއްކެވުމަށާއި މިފަދަ ތަކެތީގެ ސައްހަކަން ބެލުމަށްފަހު ނޫނީ ބޭނުން ނުކުރުމަށް އެންމެހާ ފަރާތަކަށް އިލްތިމާޒްކުރަމެވެ.

             

03 ޖުމާދަލްއޫލާ  1435ހ.      

04 މާރިޗު 2014
ހޯދާ