އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މެލޭޝިއާގައި އެއް ވޯޓުފޮށި ބަހައްޓާގޮތަށް ހަމަޖެއްސުން

މި ކޮމިޝަނުގެ ނަންބަރު:A)CA-2014/169)ފ(17 ޖަނަވަރީ 2014) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

2014 މާރިޗު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރާނެކަމަށް އަންދާޒާކުރި އަދަދަށްވުރެ މަދުން ރަޖިސްޓަރީކޮށްފައިވާތީ،  މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ވޯޓުލުމަށް 1 (އެކެއް) ވޯޓުފޮށި ބަހައްޓާގޮތަށް ހަމަޖައްސައިފީމެވެ. މިގޮތަށް ހަމަޖެހުމުން، މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

High Commission of Maldives

 

Suite 07-01 Menara See Hoy, Chan, 374 JalanTun Razak,

 

50400 Kuala Lumpur, Malaysia.

މި ފޮށްޓަށް މިހާރު ވޯޓުލުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިރައްޔިތުންގެ ތެރެއިން، މެލޭޝިއާގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

މެލޭޝިއާ / ކުއަލަލަމްޕޫރު -1

W02.1.1

1

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުމާދަލްއޫލާ 1435

03 މާރިޗު 2014
ހޯދާ