މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢްލާން

ނ. މާޅެންދޫ ކުޅިވަރު ސްޓޭޑިއަމްގައި ވޮލީކޯޓެއް ޤާއިމްކުރުމާއިގުޅޭ

  

    މި ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތު އަދި ކުރެހުމާއި އެއްގޮތަށް ނ.މާޅެންދޫ ވޮލީކޯޓް ޤާއިމްކޮށް އެސަރަހައްދުގައި ކައުންސިލުން އަންގާގޮތަށް ފެންސް ޖަހާދީ މަރާމާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ

 

  ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ސެޕްޓެމްބަރ 2019ވާ ހޯމަ ދުވަހުގެ  010:3- އަށް 

މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 15 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

  އަދި މިއަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމާއި ޕޮއިންޓް ދިނުމުގެ އުސޫލާއި ބެހޭގޮތުން  މިކައުންސިލުން ޢަމަލުކުރާނެ ގޮތް ތިރީގައި މި ދަންނަވަނީއެވެ

 

އަންދާސީ ހިސާބު މިންކުރުމުގައި ޕްއިންޓް ދެވޭނޭ ކަންތައްތައް                އެންމެ މަތިން ދެވޭނެ ޕޮއިންޓް

  • ހުށަހަޅާފައިވާ އަގަށް                                        65
  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތު                               15
  • މަސައްކަތު ތަޖުރިބާ                                        10
  • މާލީ ޤާބިލްކަން                                           10

1.     މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

2. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްޞީލްކުރެވޭނީ އެ ފަރާތް އެކަންޏެވެ. ނުވަތަ އެ ފަރާތް އެ ބައްދަލުވުމަށް ފޮނުވި ފަރާތް އެކަންޏެވެ.

3. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް ނަމަ، ނުވަތަ ޕާޓްނަރޝިޕެއް ނަމަ، ނުވަތަ ޕްރައިވެޓް ނުވަތަ ޕަބްލިލް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރެޓިވް ސޮސައިޓީއެއް ނަމަ،  ނުވަތަ އެ ނޫން ވެސް ޤާނޫނީ ޝަޚްޞެއް ނަމަ، އެ ފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެ ފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅުއްވަން ވާނެއެވެ.

4. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަން ނޯޓްކޮށްފައި ނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަދި މިފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވަޑައި ނުގެންނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.

28 ޒުލްޙައްޖު  1440

29 އޯގަސްޓް  2019

29 އޮގަސްޓް 2019
ހޯދާ