އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކުރުނބާ މޯލްޑިވްސް (ކ.ވިހަމަނާފުށި)ގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ހަމަޖެއްސުން

މި ކޮމިޝަންގެ ނަންބަރު:A)CA-2014/109)ފ(17  ފެބުރުވަރީ 2014) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ކުރުނބާ މޯލްޑިވްސް  (ކ.ވިހަމަނާފުށި) ގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ހަމަޖެއްސުން

2014 މާރިޗު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ކުރުނބާ މޯލްޑިވްސް (ކ.ވިހަމަނާފުށި) ގައި ވޯޓުފޮށި ބަހައްޓާގޮތަށް ހަމަޖައްސައިފީމެވެ. މިގޮތުން ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރިސޯޓާއި ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ކުރުނބާ މޯލްޑިވްސްގެ ވީ އައި ޕީ ލޯންޖުގައި

މި ފޮށްޓަށް ވޯޓުލާނީ ކުރުނބާ މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ކުރުނބާ މޯލްޑިވްސް

(ކ.ވިހަމަނާފުށި)

Z31.1.1

1       

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހި ވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި އެ ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާނަމައެވެ. އެހެންކަމުން ކުރުނބާ މޯލްޑިވްސްގައި 100 (ސަތޭކަ) މީހުންނަށްވުރެ މަދު އަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، މި ރިސޯޓުގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލުކޮށް، އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަންވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

24  ރަބީޢުލްއާޚިރު  1435

24 ފެބުރުވަރީ 2014
ހޯދާ