ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ޔުނީފޯމު ފަހާ ފޮތި ވިއްކާނެފަރާތެއް ހޯދުމާއި ގުޅޭ

މި ސްކޫލުގެ ދަރިވަރުންގެ ރަސްމީ ޔުނީފޯމު 2020 ވަނަ އަހަރުންފެށިގެން ބަދަލުކުރުމަށް ބޭނުންވާތީ، ޔުނީފޯމު ފަހާފޮތި ތައްޔާރުކޮށް ވިއްކައިދޭނެފަރާތެއް ހޯދުމަށް ކުރި އިޢުލާނު (IULGZS/2019/53) އާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޒިރުވެފައިނުވާތީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3350744 ނަންބަރު ފޯނާއެވެ.

#

 ތަފުސީލު

ތާރީޚު

ގަޑި

1

ރަޖިސްޓަރީކުރުން

20 އޯގަސްޓު 2019 އިން 22 އޯގަސްޓު 2019 އަށް

ހެނދުނު 08:00 ން މެންދުރުފަހު 02:00 އަށް

2

މަޢުލޫމާތު ސާފުކުރުން

26 އޯގަސްޓު 2019 (ހޯމަ)

ހެނދުނު 11:00

3

އަންދާސީހިސާބު ހުށަހެޅުން

01 ސެޕްޓެމްބަރ 2019 (އާދީއްތަ)

ހެނދުނު 11:00

19 އޮގަސްޓް 2019
ހޯދާ