އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ގއ. ކޮނޑޭ ކައުންސިލްގެ އިންތިޚާބު ބާޠިލްކުރުން.

މި ކޮމިޝަނުގެ ނަންބަރު:(A) CA-2014/43 (2014 ޖަނަވަރީ 30) ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ގއ. ކޮނޑޭ ކައުންސިލްގެ އިންތިޚާބު ބާޠިލްކުރުން.

2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ނެގުނު ވޯޓާގުޅޭގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ނަންބަރު:1/އެޗް ސީ- އައި- އެސް އެޗްްްްް/2014 (2014 ފެބުރުވަރީ 13) ގެ ޤަޟިއްޔާއިން، 18 ޖަނަވަރީ 2014 ވީ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ވީމާ، މި ކޮމިޝަނުގެ ނަންބަރު:(A) CA-2014/43 (2014 ޖަނަވަރީ 30) ގެ އިޢުލާނުން، ކުރިއަށް އޮތް 3 އަހަރު ދުވަހަށް ގއ. ކޮނޑޭ ކައުންސިލަށް 4 (ހަތަރެއް) މެންބަރުން އިންތިޚާބުވެފައިވާކަމަށް އިޢުލާނުކޮށްފައިވާ އިޢުލާނުކުރުން، ބާޠިލްކޮށްފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. އަދި، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުން އޮންނާނެ ތާރީޚެއް ފަހުން އިޢުލާނު ކުރެވޭނެއެވެ.

22 ރަބީޢުލްއާޚިރު 1435

22 ފެބުރުވަރީ 2014
ހޯދާ