މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                        ނަންބަރ: MTCC-HRAD/IU/2019/136­ 

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޓް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

ޓެކްނިކަލް އެސިސްޓަންޓް (ކުންފުނިން ކަނޑައަޅާ ސައިޓެއްގައި)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް:

  • 7000-8000/-  އާއި ދެމެދު. (މަހަކު)
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ހުރުމާއި ކެއުން ސައިޓްގައި ހަމަޖެހިގެން ދާނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

(ކުންފުނިން ކަނޑައަޅާ ސައިޓެއްގައި)

ޝަރުޠު                 

އިންޖިނިއަރިންގ/ އިލެކްޓްރިކަލް ނުވަތަ ވެލްޑިންގ ފަދަ ފަންނީ ދާއިރާއަކުން މަސައްކަތްތައް ކުރުމުގެ ޝައުގުވެރިކަން ނުވަތަ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މެކޭނިކުންނާއި، ވެލްޑަރުންނާއި، ކަރަންޓުގެ މަސައްކަތް ފަދަ ފަންނީ މަސައްކަތްތަށް ދަސްކޮށް އެކަމުގައި އަތްގާތްކޮށްދިނުން.

މަޤާމް:

ކައްކާ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި އިނާޔަތްތަށް:        

  • -/7600ރ (މަހަކު)
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ހުރުމާއި ކެއުން ސައިޓްގައި ހަމަޖެހިގެން ދާނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ޝަރުޠު                 

  • ރަގަޅު ފެންވަރެއްގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކުރަން އެގުން
  • މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއުން ބުއިން ޝެޑިއުލްއާއިއެއްގޮތަށް ބެލެހެއްޓުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

 މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓަށް ބޭނުންވާ މަގާމުތައް

މަޤާމް:

ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި އިނާޔަތްތަށް:        

  • -/8100ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އެހެނިހެން އެލަވަންސް/އިނާޔަތް : 

  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

އެޑިޔުކޭޝަނަލް އެލަވަންސް:

  • މަޤާމާއި ގުޅުންހުރި ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

ޝަރުޠު                 

  • ޑިޕްލޮމާ އިން މާސް ކޮމިއުނިކޭޝަން / މާރކެޓިންގ ހާސިލްކޮއްފައިވުމާއިއެކު މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ މިދާއިރާއިން ލިބިފައިވުން.
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު އަދި މީޑިއާ ރިލީސްއާއި އާރޓިކަލްސްތައް ލިޔުމުގެ ހުނަރު ލިބިފައިވުން.
  • ދިވެހިރާއްޖޭގެ މީޑިއާ އަދި މީޑިއާ ޕްރޮމޯޝަންސް ގެ މަޢުލޫމާތު ލިބިފައި ހުރުން އަދި މިކަންކަމަށް ޝައުޤުވެރިކަން ހުރުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރާއި ޑެޑްލައިނަށް ކަންކަން ނިންމާ އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނީގެ މީޑިއާ ރެޕްރެސެންޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
  •   ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ އެވެ. މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް އެންޓް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބިލައްވާނެއެވެ.

ޓްރޭޑިންގ ޑިޕާޓްމަންޓަށް ބޭނުންވާ މަގާމުތައް

މަޤާމް:

 މާކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:           

01 

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް:

  • -/9420ރ (މަހަކު)
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

 

އެޑިޔުކޭޝަނަލް އެލަވަންސް:

  • ·         މަޤާމާއި ގުޅުންހުރި ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓްރޭޑިންގ ޑިޕާޓްމަންޓް، ހ. ސޯމިލް

ޝަރުޠު                 

  • ޑިޕްލުމާ އިން މާރކެޓިންގ ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލުމާ ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • މާރކެޓިންގ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުމުގެ ތަޖުރިބާ އާއި ޤާބިލުކަންހުރުން އަދި ޓެކްނިކަލް މާރކެޓިންގ އާއި ސެލިންގ ގެ ހުނަރު ލިބިފައިވުން.
  • ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މާރކެޓިންގ އަދި ސޭލްސް އެކްޓިވިޓީކަންކަމުގައި  ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.
  • ޓެކްނިކަލް ޕްރޮޑަކްޓްސް ތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުގުވެރިކަން ހުރުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާރޓްމަންޓްގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ބޭނުންވާ އެހީތެރިކަށް ފޯރުކޮށްދިނުން؛ ބިޒްނަސް ޑެވެލޮޕްމަންޓަށް ބޭނުންވާ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުން؛ ކުންފުނީގެ ކުރިއެރުމަށް ބޭނުންތައް ދިރާސާކޮށް މާރކެޓިންގ ގެ މަސައްކަތް ރާވައި ހިންގުން

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮގަސްޓް 2019 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001100/ 3001127 / 3001139 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

08 އޮގަސްޓް 2019

08 އޮގަސްޓް 2019
ހޯދާ