ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދައުވަތު

 

 

ކުނަހަންދޫ ސްކޫލު                                   ނަމްބަރ:  GS-184/IUL/2019/25

ލ.ކުނަހަންދޫ / ދިވެހިރާއްޖެ                                       ތާރީޚް:     24 ޖުލައި 2019                   

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • މިސުކޫލުގެ ޢިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބޮޑުދޮރުތަކައި ދޮރުފަތްތަށް، އަދި ހޯލްހިމެނޭ ޢިމާރާތުގެ 2 ޕާޓިޝަން އަމިއްލަތަކެތީގައި ހަދައި، ހަރުކޮށްދޭނެފަރާތެއް ހޯދުމަށް 03 ޖުލައި 2019ގައި ކުރި GS-184/IUL/2019/23 ނަމްބަރުގެ އިޢުލާނާ ގުޅިގެން ނަންނޯޓުކޮށް، މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރަތަކުން ބީލަން ހުށައަޅާފައި ނުވާތީ، އެ އިޢުލާނު ބާތިލްކޮށް މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 24 ޖުލައި 2019 އިން 31 ޖުލައި 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ކުނަހަންދޫ ސުކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 01 އޯގަސްޓް 2019 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 04 އޯގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މި ސުކޫލުގެ އޮފީހުގައި އޮންނާނެއެވެ.

 

  • ބިޑް ޙުށައެޅުމާއި، ބިޑު ހުޅުވުން އޮންނާނީ 26 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ސުކޫލުގެ އޮފީހުގައެވެ.
  • މި ޕްރޮޖެކްޓާގުޅޭ ބީލަމަށް ނަންނޯޓު ނުކުރާފަރާތްތަކަށް މަސައްކަތާބެހޭ މަޢުލޫމަތުދިނުމުގެ ޝެސަނުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ޝެސަނަށް ޙާޟިރު ނުވާ ފަރާތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި، ފޮނުވާފަރާތުގެ އައިޑީކާޑު ބޭނުންވާނެއެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ·        ކުނަހަންދޫ ސުކޫލު / ލ. ކުނަހަންދޫ
  • ފޯން: 6800744
  • އީ-މެއިލް: [email protected]
  • ކޮޕީ އީ-މެއިލް: [email protected]
 
   

 

 

[email protected]  އީ-މެއިލް    ފެކްސް 6800744       ފޯން 6800744 ލ. ކުނަހަންދޫ ސްކޫލް  

24 ޖުލައި 2019
ހޯދާ