މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދުން:

ނ ހެނބަދޫ އަދި ސ މީދޫގެ ހާބަރ އަޕްގުރޭޑްކޮށް، ހެދުމަށްޓަކައި ބޭނުންވާ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު MTCC-PD/IU/2019/00111 އަދި MTCC-PD/IU/2019/00112 ( 04 ޖުލައި 2019 ) ބާތިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު ހުޅުވާލަމެވެ.

      ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖުލައި 2019 ވަނަ ދުވަހުގެ 10:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 17 ޖުލައި 2019 ވަނަ ދުވަހުގެ 10:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

09 ޖުލައި 2019
ހޯދާ