މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ެމްޓީސީސީގެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން:

            އެމްޓީސީސީގެ ފެރީ ނިޒާމްގައި ބޭނުން ކުރުމަށް މިދެންނެވިފައިވާ އަތޮޅު ތަކުގައި ފެރީ ކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: MTCC-PD/IU/2019/0094 (18 ޖޫން 2019 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެފައިވަނީ އެއްމެފަރާތަކުން ކަމުގައިވާތީ އެއިޢުލާނު ބާތިލުކޮށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ފެރީ ބޭނުންވާ އަތޮޅު

ފެރީގެ އަދަދު

ބ. އަތޮޅު

02 ފެރީ

ޅ. އަތޮޅު

01 ފެރީ

ކ. އަތޮޅު

01 ފެރީ

އދ. އަތޮޅު

02 ފެރީ

ދ. އަތޮޅު

01 ފެރީ

ފ. އަތޮޅު

01 ފެރީ

މ. އަތޮޅު

01 ފެރީ

ގދ. އަތޮޅު

01 ފެރީ

ކ. ގުޅީފަޅު

01 ފެރީ

ލ. އަތޮޅު

02 ފެރީ

ގއ. އަތޮޅު

01 ފެރީ

 

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޖުލައި 2019 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޖުލައި 2019 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

08 ޖުލައި 2019
ހޯދާ