ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އިންވެސްޓިގޭޓަރ ގެ މަޤާމަށް މުވައްޒަފަކު ހޯދުން

IUL)462/1/2019/2)

ވަޒީފާގެ ފުރުޞަތު

 

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް އިންވެސްޓިގޭޓަރ

ކްލެސިފިކޭޝަން:

ޖީ.އެސް 3

ބޭނުންވާ އަދަދު:

02

އަސާސީ މުސާރަ:

 4,725.00 ރުފިޔާ

ލިވިންގ އެލަވަންސް:

4,000.00 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

  • އިންވެސްޓިގޭޝަން އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް 100.00ރ
  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް   2 އަހަރު ދުވަހުގެ މަސައްކަތުގެ ނުވަތަ
  2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތައް ބަލައި ތަޙްޤީގުކޮށް ކުރުމާގުޅޭ އެންމެހާ މަސައްކަތްކުރުން.
  2. ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މައްސަލަތަކުގައި މީހުން ހާޒިރުކޮށް، ބަޔާން ނަގަންޖެހޭ ފަރާތްތަކުގެ ބަޔާން ނަގައި، ބަޔާން ތައްޔާރުކޮށް، އެބަޔާންތަކުގައި ސޮއިކުރުވުން.
  3. ތަޙުޤީގުކުރެވޭ މައްސަލަތައް ކުރިއަށް ދާ ގޮތާއި މައްސަލަތަކުގެ ރިކޯޑާއި މަޢުލޫމާތުތައް ބެލެހެއްޓުން.
  4. ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ހެކި ހޯދުން.
  5. ކޮމިޝަނުން ކުރާ އިންސްޕެކްޝަން ދަތުރުތަކާ ތަޙްޤީޤް ދަތުރުގައި ބައިވެރިވުމާ ދަތުރާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  6. އިދާރީ މަސައްކަތްކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

ü     ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

ü      ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީ.މެއިލް އެޑްރެސް ހިމެނޭ ގޮތަށް)

ü     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ü     މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

ü     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ސުންގަޑި:

  • މިމަޤާމުތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 14 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވުން އެދެމެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • އެޕްލިކޭޝަން ފޯމް އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

       1 ޛުލްޤައިދާ 1440

       4 ޖުލައި  2019

04 ޖުލައި 2019
ހޯދާ