މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު

މިސްކޫލަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުން ވެއްޖެއެވެ.

 މަޤާމް:

 މަސައްކަތު

 މަޤާމުގެ ނަންބަރު:

J-296364

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 އެސް.އެސް 1

 މަޤާމުގެ ކުލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 1

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 މާރަންދޫ ސްކޫލް، ހއ.މާރަންދޫ

 މުސާރަ:

 މަހަކު -/3100 ރުފިޔާ   

 ސަރވިސް އެލަވަންސް:

 މަހަކު -/1000 ރުފިޔާ

 އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/1200 ރުފިޔާ.

 މަޤާމުގެ މައިގަނޑު  މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްއޮފީހާއި އެހެނިހެންރޫމްތައް ކުނިކަހައިސާފުކޮށް، ދޮރުތަކާއިއެތެރެ ފޮޅައިސާފުކޮށްމޮޕްލުން.
  2. ސްކޫލުގެފާޚާނާތައް ސާފުކޮށްބެލެހެއްޓުން.

3.ސްކޫލުގައިހުރިފަރުނީޗަރާއި، ކޮމްޕިއުޓަރާއި، ޕްރިންޓަރުފަދަތަކެތި ހިރަފުސްފޮޅައި ސާފުކޮށްބެލެހެއްޓުން.

4.ދަރިވަރުން ސްކޫލުގައިތިބޭވަގުތުތަކުގައި، ދަރިވަރުންނަށްދިމާވާއެކިއެކިކަންކަމުގައިއެހީތެރިވުން.

5.ސްކޫލްން ބާއްވާ އެކިއެކި ހަރަކާތްކަށް ސްކޫލްގެ ގޯތިތެރެ ތައްޔާރުކުރުމާއި ، ޖަލްސާތަކާއި މުބާރާތްތަކަށް ތަން ޒީނަތް ތެރިކުރުމަށްކުރާ މަސައްކަތްތަށްކުރުން.

6.ކުނިކަހައި ފޮޅައި ސާފުކުރާ ސަރަހައްދުގެ ކުނިނައްތައިލުން.

7.ސްކޫލުގެ އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ލިޔެކިޔުންތަށް ހަވާލްކުރުން.

8.ސްކޫލްގެ އާބާތުރަ ފިލުވުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެއްބާރުލުންދިނުން.

9.ސްކޫލްގެ މަޤްސަދު ހާސިލް ކުރުމަށާއި ، މުވައްޒަފުންގެ އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށް ހިންގާ ޕްރޮގުރާމްތަކުގައި ބައިވެރިވެ، އެއްބާރުލުންދިނުން.

10.ސްކޫލުގެގޯތީގައިވާބޮޑެތިގަސްތައްކޮށުމާއި، ބަގީޗާގެގަސްތައްކޮށުމާއި، އުފެދޭކުނިނައްތައިލުން.

11.ސްކޫލުގެފުރާޅުތަކާއި، ދިޔަދޮވިތަކާއި، ފެންތާގީތައްސާފުކުރުން.

12.ޙާއްޞަ ވާޖިބުތަކުގެ އިތުރުން މުޅި ސުކޫލަށް ދިމާވާ ކުއްލި އިމަރޖެންސީ ކަންކަމާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން އެނގުން(ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް  ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

 ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް  ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 ހުށައަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ސްކޫލް ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މާރަންދޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 އިންޓަރވިއު އޮންނާނެތަނާއި،    މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 11 އާއި 2019 ޖުލައި 17 އާއި ދެމެދު މާރަންދޫ ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

(މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓް ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ސްކޫލްގެ 6500535 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500535 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވ

01 ޖުލައި 2019
ހޯދާ