ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި ދޮންވެލި ބަހައްޓަން ބިން ދޫކުރުމާއިބެހޭ

ބަނދަރުމަތީގައި ދޮންވެލި ބަހައްޓަން ބިން ދޫކުރުމާއިބެހޭ:

               ވިޔަފާރި އުސޫލުން ދޮންވެލި ގެންނަ ފަރާތްތަކަކަށް ކަނޑުފެހި ފިއުލްސްގެ ހުޅަނގުން ދޮންވެލި ބެހެއްޓުމަށް އަކަފޫޓަކަށް 00.50 ލާރީގެ ރޭޓުން ވަގުތީގޮތުން ބިން ދޫކުރުމަށް ބޭނުންވާތީ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

               ވީމާ، މިދެންނެވި ޞަރަޙައްދުން ބިން ހޯއްދެވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 4 ޖުލައި  2019 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުމަށް އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. 

****************************************

        25  ޖޫން  2019

26 ޖޫން 2019
ހޯދާ