ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ހެލްތު އޮފިސަރ)

މަޤާމް:                    ހެލްތު އޮފިސަރ

މަޤާމުގެ ނަންބަރ:             J277257

ބޭނުންވާ ޢަދަދު:              1 (އެކެއް)

މަޤާމުގެ ގިންތި:               ދާއިމީ

މަޤާމުގެ ރޭންކް:               އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:         ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:        ޝަމްސުއްދީން ސްކޫލް/ ސ.މީދޫ

މުސާރަ:                   -/5610ރ.

ސަރވިސް އެލަވެންސް:          -/2500ރ.

އެހެނިހެން އެލަވެންސް:          1. ސަޕޯޓިންގ ކޯ އެލަވެންސް 2، މަހަކު -/700ރ.

                        2. ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

                        3. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

                        4. ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ގުޅޭ ވަޒީފާގެ ދާއިރާތައް

-  ހެލްތު ސަރވިސް

ތަޢުލީމީ ރޮނގުތައް

-  ކޮމިއުނިޓީ ހެލްތު

-  ޕްރައިމަރީ ހެލްތު ކެއަރ

-  ޕަބްލިކް ހެލްތު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ސިއްޙީ ޕްރޮގްރާމްތައް ރާވާ ހިންގުން

2. ދަރިވަރުންގެ ހެލްތު ޗެކަޕް ޕްރޮގްރާމް ރާވާ ހިންގުން

3. ހެލްތުރޫމާއި ހެލްތު ރޫމްގައި ބޭނުންކުރާ އެންމެހާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން

4. ހެލްތު ރޫމުން ފަސްޓްއެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުން

5. ސްކޫލްގެ އިމާރާތްތަކާއި، ބޯފެނާއި ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުން

6. ސިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން

7. ދަރިވަރުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުން

8. ކޮންމެ އަހަރެއް ނިމުމުގެ ކުރިން ކުރިއަށް އޮންނަ އަހަރު ސްކޫލްގެ ހެލްތު ޕްރޮގްރާމް ހިންގާނެ ގޮތުގެ ތާވަލެއް ހެދުން

9. ސްކޫލް ތެރޭގައި ދަރިވަރުންނަށް ދިމާވާ އެކި ސިއްޙީ މައްސަލަތަކުގައި ފަސްޓްއެއިޑް ދިނުން

10. ސްކޫލް ދަރިވަރަކަށް ސިއްހީ ބޮޑު މައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދަންޖެހޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ބެހެއްޓުން

11. ދަރިވަރުންނަށް ދެވޭ ފަނިބޭހާއި ވިޓަމިން އޭ ކެޕްސޫލް ދިނުމަށްފަހު އެއާއި ގުޅޭ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

12. ބަލިވެގެން ގެއަށް ފޮނުވާ ކުދިންގެ ރެކޯޑް ބެލެހެއްޓުން

13. ކޮންމެ ޓާމަކު އެއްފަހަރު ދަރިވަރުންގެ އިސްކޮޅާއި ބަރުދަން ބެލުން

14. ދަރިވަރުންގެ ނާސްތާ ޕްރޮގްރާމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

15. ސްކޫލްގެ ފަރާތުން ފާހަގަ ކުރާ ދުވަސްތަކާއި ޚާއްސަ ހަފްލާތަކަށް މަޤާމްގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި ޝަމްސުއްދީން ސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޝަމްސުއްދީން ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް­ ([email protected])  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 02 ޖުލައި 2019 އާއި 10 ޖުލައި 2019 އާއި ދެމެދުގެ މުއްދަތެއްގައި ޝަމްސުއްދީން ސްކޫލްގައެވެ. މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލްގެ ނަންބަރ 6895733 ފޯނަށް ގުޅުއްވުން އެދެމެވެ.

 

19 ޖޫން 2019
ހޯދާ