ކިނޮޅަހު ސްކޫލް/ރ.ކިނޮޅަސް
ދިވެހިރާއްޖެ
މިސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

މިސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލެވުނު 10 މެއި 2019، ނަމްބަރު IU/GS-122/2019/09 އިއުލާނާ ގުޅިގެން ހުށައަޅާފައިވާ އަގުތަށް ބޮޑުވުމާ ގުޅިގެން އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 9:00-10:30އަށް ނަން ނޯޓް ކުރެއްވުން އެދެމެވެ. އަދި މައުލޫމާތު ދިނުން އޮންނާނީ ހަމަ އެދުވަހުގެ ހެނދުނު 11:00ގައި ސްކޫލުގައެވެ.

 

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 2 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

 

  1. ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 3 ވާ  ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކިނޮޅަހު ސްކޫލް

ފޯން:6580360

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

24 ރަމަޟާން 1440

29 މެއި    2019                   

 

29 މޭ 2019
ހޯދާ