ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ގދ.ތިނަދޫ)

މަޤާމް :ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުސޫލުން)
ބޭނުންވާ އަދަދު :1

މަޤާމު

ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުޞޫލުން)

ބޭނުންވާ ޢަދަދު

1 (އެކެއް)

 

މުސާރަ

ކްލާސް ހިންގާ ގަޑިއިރަކަށް އަމިއްލަ މެޓީރިއަލްގައި ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ރޭޓުން، މިއެޖެންސީން މެޓީރިއަލްސް ހަމަޖައްސައިދިނުމުން ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ(ގދ.ތިނަދޫ)

ތަޢުލީމާއި ތަޖުރިބާ

  1. މަގާމުގެމަސައްކަތްކުރުމުގެހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
  3. މަގާމުގެމަސައްކަތްކުރުމުގެހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކުހެއް ލިބިފައިވާ މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިސްލާމް ދީނުގެ ރުކުންތަކުގެ މުޙިންމުކަން ކިޔަވައިދިނުން
  2. އިސްލާމީ ޝަރީޢާތް މުހިންމުކަން ކިޔަވައިދިނުން
  3. އަޅުކަންކުރުމާއި ޒިކުރު ކުރުމުގެ މުހިންމުކަން ކިޔަވައިދިނުން
  4. އިސްލާމްކަމާއި އީމާންކަން / އިސްލާމްދީނުގެ ލުއި ފަސޭހަކަން ކިޔަވައިދިނުން
  5. އިސްލާމީ ނަޒަރަކުން ޑްރަގް އެޑިކްޝަންއާއި ބެހޭގޮތުން ކިޔަވައިދިނުން
  6. އިސްލާމީ ނަޒަރަކުން ކުރޭވިންގ މެނޭޖްމަންޓް ކިޔަވައިދިނުން
  7. ތަޢުބާވުމާއި މާފްކުރުމުގެ މާތްކަން ކިޔަވައިދިނުން
  8. ޢާއިލާގެ ޒިންމާ (މައިންބަފައިން، ދަރިން، ފިރިމީހާ، އަނބިމީހާގެ ޒިންމާ) ކިޔަވައިދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖޭން ބޭރުގެ ސަނަދެއް ނަމަ އެކްރެޑިޓް ކޮށްފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް

މުއްދަތު ހަމަވާ ތާރީޚް އަދި ސިޓީ ހުށަހަޅާނެގޮތް

2019 މޭ 20 ވާ ހޯމަ ދުވަހުގެ 13:00 މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން  ސެންޓަރަށެވެ. ނުވަތަ ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ)

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3312018 އެވެ.

 

09 މޭ 2019
ހޯދާ