ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގައި ހުރި ލަކުޑި ދޮރުތައް އެލުމިނިއަމް ދޮރަށް ބަދަލުކުރުން

މިކޯޓުގައި ހުރި ލަކުޑި ކުދި ދޮރުސެޓުތަކާއި، ފެންލައިޓްތަކާއި، ކޯޓު ޢިމާރާތުގެ މައިދޮރާއި ދޮރުފަތް ނައްޓައި އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 02 މޭ 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 އޭޕްރިލް 2019
ހޯދާ