ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރު ސިސްޓަމް ވިއްކާނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް 04 ކޮމްޕިއުޓަރު ސިސްޓަމް ހޯދުމަށް ކުރެވުނު ނަންބަރު: JS-B/2019/30 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ 02 ފަރާތުން ކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިސްކޫލުން ދެވޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް ކޮމްޕިއުޓަރު ސިސްޓަމް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޭޕްރިލް 2019 ވާ ހޯމަ ދުވަހު 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ  ވާހަކަ ދެންނެވީމެވެ.

23 އޭޕްރިލް 2019
ހޯދާ