ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާއި ބެހޭ،

އިއުލާން

މިއިދާރާގެ ނަންބަރ (IUL)416-CAA/416/2019/32  (02 އެޕްރީލް 2019) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

1440 ވަނަ އަހަރުގެ ފިޠުރުޒަކާތާއި މުދަލުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކުރަމުންގެންދާތީ، ކުރިން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުންވެސް އަލުން ފަޤީރުންގެ ދަފްރަތުގައި ރަޖިސްޓްރީވުމަށްއެދި ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

މަޑަވެލީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން.

ތާރީޚް: 03 އޭޕްރީލް 2019 އިން 28 އޭޕްރީލް 2019 އަށް

ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ : 09:00 އިން 13:00 އަށް.

 ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން " ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ ފޯމު" ފުރުއްވުމަށްފަހު 28 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

08 އޭޕްރިލް 2019
ހޯދާ