ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ރައްޔިތުންގެ ތެޔޮބިން ކުއްޔަށް ދޫކުރުން

އިޢުލާން

ރައްޔިތުންގެ ތެޔޮބިން ސިޓީލާ ނީލަމުގައި ކުއްޔަށް ދޫކުރުމާބެހޭ

            ކިނބިދޫ ޖެޓީގެ އިރުން އޮތް ރައްޔިތުންގެ ތެޔޮބިން ސިޓީލާ ނީލަމުގައި ކުއްޔަށް ނަންގަވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފީމެވެ. މިކަމާ ގުޅޭ މަޢުލޫމަތުތައް ތިރީގައިމިވަނީއެވެ.

1-       ބިމުގެ ބޮޑުމިން : 4050’x  ( 2000 އަކަފޫޓު)

2-       މުއްދަތު: 15 އަހަރު

3-       ބިމުގައި ތެލުގެ ބާވަތްތަކުގެ އިތުރުން، ގެހާއި، ހާރޑްވެއަރ ސާމާނާއި ތެޔޮވިއްކާ ތަނެއްގައި ސަރުކާރުން ހުއްދަކުރާ އެހެނިހެން ވިޔަފާރީގެ ބާވަތްތައް ވިއްކޭނެއެވެ.

4-       މީގެ އިތުރުން ތަނުގައި އިމާރާތް ކުރުމާއި ތަން ތައްޔާރުކުރުމަށް ކުލި ދައްކަން ނުޖެހޭގޮތަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެއެވެ. މިގޮތުން މިބިމުގައި ކުރާ އެއްވެސް އިމާރާތެއް ނުވަތަ އިތުރަށް ބަހައްޓާ ޓޭންކެއް ވިޔަސް އަދި މިނޫންވެސް ތަނުގައި ހަރުކުރެވިފައިވާ އެއްވެސް އެއްޗެއް، މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ގޮތެއް މެދުވެރިވެގެން ތަން ދޫކޮށްލާން ޖެހިގެން ތަން ދޫކޮށްލި ނަމަވެސް، މިއިން އެއްވެސް އެއްޗަކަށް ބަދަލުދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

5-       6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދީފައިވީނަމަވެސް އެގްރީމެންޓްގައި ސޮއިކުރާ ތާރީޙުން ފެށިގެން 20 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންވާނެއެވެ. މިމުއްދަތުގައި މަސައްކަތް ނުފަށައިފިނަމަ އިތުރު އިންޒާރެއް ދިނުމަކާއި ނުލައި އެހިސާބުން ތަން ވަކިކުރެވޭނެއެވެ.

6-       ވިޔަފާރި ކުރިއަރަމުންދާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް ކައުންސިލްގެ އިދާރާއާއި ކުއްޔަށް ހިފާ ފަރާތާއި ދެމެދު އެއްބަސް ވާގޮތެއްގެ މަތީން ތަނުގެ ކުލި ކޮންމެ 5 އަހަރަކުން 1 ފަހަރު ބޮޑުކުރެވޭނެއެވެ.

7-       ބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް ހަދާ އިމާރާތް ހެދިފައި ހުންނަން ޖެހޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ތެލުގެ ޙިދުމަތްދިނުމާއި، ތެޔޮ ވިއްކުމާބެހޭ ޤަވާއިދަށް ފެތޭގޮތަށް ސަރުކާރުން ޤަބޫލުކުރާ ފެންވަރުގައެވެ.

ސިޓީލާ ނީލަމުގައި އަގު ހުށަހެޅުމާބެހޭ  

        ވީމާ، ރައްޔިތުންގެ ތެޔޮބިން ސިޓީލާ ނީލަމުގައި މަހު ކުއްޔަށް  ނެންގެވުމަށް ސަޢުޤުވެރިވެލައްވާ  ފަރާތްތަކުން އެކަމަށް އެދި މަހުކުއްޔަށް ހިފުމަށް ބޭނުންވާ އަގު ބަޔާންކޮށް މި އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.  ސިޓީ ފޮނުއްވާނީ 04 އޭޕްރީލް  2019 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެންނެވެ. ހުށަހަޅުއްވާ ސިޓީގެ ބޭރުގައި ސީޓީލާ ނީލަމުގައި ބައިވެރި ވުމަށްއެދި މިހެން ލިޔުއްވާފައި އޮންނަން ވާނެއެވެ. ހުށަހަޅުއްވާ ކުލި އެކަށީގެންވާ ވަރަކަށް އެރުމަށްފަހު 15 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 14.00 ގެފަހުން، ޖެހިޖެހިގެން އެއްއަގެއް 3 ދުވަހު އޮވެއްޖެނަމަ އެއަގު ހުށަހެޅުއްވި ފަރާތަށް ނީލަމް ނިންމާލެވޭނެއެވެ. ނީލަން ފެށޭނީ -/500 ރުފިޔާއިންނެވެ. އިތުރުކޮށް ހުށަހެޅޭނީ މަދުވެގެން ފަހަރަކު -/100 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެކެވެ.  އެއްމެ މަތީ އަގު ހުށަހެޅި ފަރާތް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ފެށިގެން ކިނބިދޫ ކައުންސިލްގެ އިދާރާގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            28 ރަޖަބް   1440

            04 އޭޕްރިލް  2019   

 

04 އޭޕްރިލް 2019
ހޯދާ