ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އޮފީސް ޢިމާރާތެއް ކުއްޔަށްހިފުން

އޮފީސް ޢިމާރާތެއް ކުއްޔަށްހިފުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިޓްރައިބިއުނަލްގެ އޮފީސް ހިންގުމަށްޓަކައި އޮފީސް ސެޓަޕެއް ހެދޭގޮތަށް ހުރި 1 ފްލޯ ނުވަތަ ޖެހިޖެހިގެން ހުރި 2 ފްލޯއިން 4500 އަކަފޫޓަށްވުރެ ކުޑަނޫން ރަނގަޅު ފެންވަރެއްގެ ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރު:(IUL)200/2016/1 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ އެކަމަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ކުއްޔަށް ދެވޭނެ މުއްދަތު ބަޔާންކޮށް 2016 މޭ 23 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގ، 3 ވަނަ ފަންގިފިލާ) އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމާބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 3308773 ފޯނާ ގުޅުއްވުން އެދެމެވެ. ޢިމާރާތް ކުއްޔަށް ހިފުމުގައި ކުލީގެ އިތުރުން ޢިމާރާތުގެ ފެންވަރަށާއި ލޮކޭޝަނަށް އިސްކަން ދެވޭނެއެވެ.

01 ޝަޢުބާން 1437

08 މޭ 2016
ހޯދާ