ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީއަށް އެލް.އީ.ޑީ ފްލަޑް ލައިޓް ވިއްކައިދީ އެތަކެތި މިއޮތޯރިޓީން ދައްކާ ތަނެއްގައި ހަރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)202-A/1/2015/62) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިތަކެތި ގަތުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.
14 ޝަޢުބާން 1436