މަސައްކަތް
ނަންބަރު: (IUL)202-A/1/2015/74
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 08 ޖޫން 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެލް.އީ.ޑީ ފްލަޑް ލައިޓް ވިއްކައިދީ އެތަކެތި ހަރުކޮށްދޭނޭ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީއަށް އެލް.އީ.ޑީ ފްލަޑް ލައިޓް ވިއްކައިދީ އެތަކެތި މިއޮތޯރިޓީން ދައްކާ ތަނެއްގައި ހަރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)202-A/1/2015/62) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިތަކެތި ގަތުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

14 ޝަޢުބާން 1436 

31 މޭ 2015