ދިވެހިރާއްޖެ
އިޢުލާން
ލާމަރުކަޒީ އުސޫލުން މިއޮތޯރިޓީގެ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށްޓަކައި ސިޔާސަތެއް ކަނޑައެޅި އެސިޔާސަތުގެ ދަށުން އަތޮޅުތަކުގައި ޚިދުމަތް ދިނުމަށްޓަކައި، ކަނޑައަޅާފައިވާ އުސޫލުތަކާއި ޢަމަލުކުރާނެ ގޮތްތައް ވަނީ އަތޮޅުތަކަށް ފޮނުވިފައެވެ.
މިގޮތުން މިހާތަނަށް މިއޮތޯރިޓީން ދެމުންގެންދާ ހުރިހާ ޚިދުމަތެއް މިއޮތޯރިޓީގެ ވިއުގައިގެ ތެރެއިން މިދަންނަވާ އަތޮޅުތަކުގައި ދަނީ ފޯރުކޮށްދެމުންނެވެ.
- ހއ. އަތޮޅުކައުންސިލް
- ހދ. އަތޮޅުކައުންސިލް
- ނ. އަތޮޅުކައުންސިލް
- ބ. އަތޮޅުކައުންސިލް
- ގއ. އަތޮޅުކައުންސިލް
- ގދ. އަތޮޅުކައުންސިލް
- ޏ. އަތޮޅުކައުންސިލް
- އައްޑޫސިޓީ ކައުންސިލް
މީގެއިތުރުން މިވިއުގައިގެ ތެރެއިން ޚިދުމަތް ދެވޭގޮތަށް އަދި ހަމަޖެހިފައިވާ އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތަކުން ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވާ އުސޫލުތައްވަނީ އަތޮޅުކައުންސިލްތަކަށް ފޮނުވިފައެވެ.
ނަމަވެސް، ބައެއް ރަށްރަށުގެ ކައުންސިލްތަކާއި، ބައެއް އަތޮޅުތަކުގެ ރައްޔިތުންނަށް އަދިވެސް މިކަމުގައި އޮޅުންއަރައި ޚިދުމަތް ދިނުމުގެ އުސޫލުތައް ހަމަޖެހިފައިވާގޮތް ސާފުނުވެގެން މިއޮތޯރިޓީއަށް ހުށައަޅަމުންގެންދާތީ މި މަޢުލޫމާތު މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ފެނިވަޑައިގަންނަވާ ގޮތަށް އަޕްލޯޑް ކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.
28 ރަޖަބު 1436