ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 202-A/1/2015/
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލާމަރުކަޒީ އުސޫލުން ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ ޚިދުމަތެއް ދެމުންގެންދާ އަތޮޅުތައް

އިޢުލާން

ލާމަރުކަޒީ އުސޫލުން މިއޮތޯރިޓީގެ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށްޓަކައި ސިޔާސަތެއް ކަނޑައެޅި އެސިޔާސަތުގެ ދަށުން އަތޮޅުތަކުގައި ޚިދުމަތް ދިނުމަށްޓަކައި، ކަނޑައަޅާފައިވާ އުސޫލުތަކާއި ޢަމަލުކުރާނެ ގޮތްތައް ވަނީ އަތޮޅުތަކަށް ފޮނުވިފައެވެ.

މިގޮތުން މިހާތަނަށް މިއޮތޯރިޓީން ދެމުންގެންދާ ހުރިހާ ޚިދުމަތެއް މިއޮތޯރިޓީގެ ވިއުގައިގެ ތެރެއިން މިދަންނަވާ އަތޮޅުތަކުގައި ދަނީ ފޯރުކޮށްދެމުންނެވެ.

  1. ހއ. އަތޮޅުކައުންސިލް
  2. ހދ. އަތޮޅުކައުންސިލް
  3. ނ. އަތޮޅުކައުންސިލް
  4. ބ. އަތޮޅުކައުންސިލް
  5. ގއ. އަތޮޅުކައުންސިލް
  6. ގދ. އަތޮޅުކައުންސިލް
  7. ޏ. އަތޮޅުކައުންސިލް
  8. އައްޑޫސިޓީ ކައުންސިލް

މީގެއިތުރުން މިވިއުގައިގެ ތެރެއިން ޚިދުމަތް ދެވޭގޮތަށް އަދި ހަމަޖެހިފައިވާ އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތަކުން ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވާ އުސޫލުތައްވަނީ އަތޮޅުކައުންސިލްތަކަށް ފޮނުވިފައެވެ.

ނަމަވެސް، ބައެއް ރަށްރަށުގެ ކައުންސިލްތަކާއި، ބައެއް އަތޮޅުތަކުގެ ރައްޔިތުންނަށް އަދިވެސް މިކަމުގައި އޮޅުންއަރައި ޚިދުމަތް ދިނުމުގެ އުސޫލުތައް ހަމަޖެހިފައިވާގޮތް ސާފުނުވެގެން މިއޮތޯރިޓީއަށް ހުށައަޅަމުންގެންދާތީ މި މަޢުލޫމާތު މިއޮތޯރިޓީގެ ވެބްސައިޓް  www.transport.gov.mv އިން ފެނިވަޑައިގަންނަވާ ގޮތަށް އަޕްލޯޑް ކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.

28 ރަޖަބު 1436

17 މޭ 2015