މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ލ. އަތޮޅު، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ށ. ފުނަދޫގައި ’ޑިޒައިން، ބިލްޑް، ފިނޭންސް، އޯން، އޮޕެރޭޓް، ޓްރާންސްފަރ (ޑީބީފޫޓް / DBFOOT)‘ އުސޫލުން އަންދާޒާ ކުރެވިފައިވާ 11 އިން 14 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް

ޕްރީކޮލިފައިވުމަށް ހުށަހެޅުމުގެ ދަޢުވަތު  

 

ޤައުމު:

ދިވެހިރާއްޖެ

ޕްރޮޖެކްޓްގެ ނަން:

އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓް ARISE – P172788

ކޮންޓްރެކްޓްގެ ސުރުޙީ:

ލ. އަތޮޅު، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ށ. ފުނަދޫގައި ’ޑިޒައިން، ބިލްޑް، ފިނޭންސް، އޯން، އޮޕެރޭޓް، ޓްރާންސްފަރ (ޑީބީފޫޓް / DBFOOT)‘ އުސޫލުން އަންދާޒާ ކުރެވިފައިވާ 11 އިން 14 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް.

ލޯން ނަންބަރު:

D744-M

ޕީ.ކިއު. ރިފަރަންސް ނަންބަރު:

MV-MEE-225911-CW-RFB-PQ

 

1. ދިވެހި ސަރުކާރުން ވާރލްޑް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓް ގެ ދަށުން ލ. އަތޮޅު،ޅ. ނައިފަރު،ދ. ކުޑަހުވަދޫ،ގއ. ވިލިނގިލި އަދި ށ. ފުނަދޫގައި ’ޑިޒައިން،ބިލްޑް،ފިނޭންސް،އޯން،އޮޕެރޭޓް،ޓްރާންސްފަރ (ޑީބީފޫޓް / DBFOOT)‘ އުސޫލުން،އަންދާޒާ ކުރެވިފައިވާ 11 އިން 14 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތަށް އިންވެސްޓަރުންނަށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމަވާފައެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ އެދިލެއްވުމުގެ މަތިން، މަތީގައިވާ މަސައްކަތްތަކަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ދަޢުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގެ ސެކްޝަން VII ގައި ހިމެނިފައި ވާނެއެވެ. މި މަސައްކަތްތަކުގެ ރިކުއެސްޓް ފޯރ ބިޑްގެ މަރުޙަލާ ފެށުމަށް ގަސްދުކުރެވިފައިވަނީ ޑިސެމްބަރ 2021 ގައެވެ.

3. މި މަސައްކަތަށް ޕްރީކޮލިފައި ކުރުމުގައި ޢަމަލުކުރާނީ "ވޯރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ދަށުންނެވެ.

4. މި ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް  މިނިސްޓްރީ އޮފް ފައިނޭންސް ގައި ރެޖިސްޓަރ ވާން ވާނެއެވެ. އަދި -/1500ރުފިޔާ (ފަނަރަސަތޭކަރުފިޔާނުވަތަ100ޔޫ.އެސްޑޮލަރ) ގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 17 ޖޫން2021 އިން  2 ސެޕްޓެންބަރު 2021އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  ( https://bandeyripay.finance.gov.mv ) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދި ފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 8ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. 

5. މި ޕްރޮޖެކްޓުގެ ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނސްޓްރީގެ ވެބްސައިޓް   www.finance.gov.mv/tenders އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

6. މި ޕްރޮޖެކްޓަށް ޕްރީކޮލިފައިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 22 ޖުލައި 2021 ވަނަ ދުވަހުގެ 13:30 ކުރިން މި އިޢުލާނުގެ 8ވަނަ ނަންބަރުގައިވާ މިނިސްޓްރީ އޮފް ފައިނޭންސްގެ ނެޝަންލް ޓެންޑަރގެ އެޑްރެހުން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

7. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާނުގެ 8ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އެޕްލިކޭޝަންތައް ހުންނަންވާނީ ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގައި ބަޔާން ކޮށްފައިވާ ގޮތަށް ސިޓީއުރަ ތައްޔާރުކޮށް ބަންދުކޮށްފައެވެ.

8. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ބްލޮކް 379، ޕޯސްޓަލް ކޯޑް 20379

ދިވެހިރާއްޖެ،

ފޯން   : (+960) 3349102, (+960) 3349106, (+960)3349147 

އީމެއިލް  : [email protected]

ކޮޕީ   : [email protected]

9. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.devbusiness.com

www.gazette.gov.mv

17 ޖޫން 2021
ހޯދާ