ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ އަދި ސީނިއަރ ރިސާޗް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

        ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

  ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ

ރޭންކް:

  MS2/B

ސެކްޝަން/ޑިޕާޓްމަންޓް:

  ފޮރިން ރިލޭޝަންސް ސެކްޝަން

ބޭނުންވާ އަދަދު:

  1

ތަޢުލީމާއި ތަޖްރިބާ:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

 

 މިމަޤާމަށް މީހަކު ހޮވުމުގައި އިނގިރޭސި ބަހުން ރިޕޯޓް ތައްޔާރުކޮށް ރިސަރޗްގެ މަސައްކަތްކުރުމާއި، ދިވެހި އަދި އިނގިރޭސި ބަހުން ތަރުޖަމާކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު:

 ރައްޔިތުންގެ މަޖިލީހާއި ބޭރުގެ ޤާނޫނުހަދާ މަޖިލިސްތަކާމެދު ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ އެކިއެކި އިދާރީ މަސައްކަތްތައް ކުރުން

އުޖޫރަ:

 - މަހަކު  -/10,750 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

 - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,500 ރުފިޔާ

 - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

މަޤާމުގެ ނަން:

 ސީނިއަރ ރިސާޗް އޮފިސަރ

ރޭންކް:

 MS2/B

ސެކްޝަން/ޑިޕާޓްމަންޓް

 ލައިބްރަރީ އެންޑް އާކައިވްސް ސެކްޝަން

ބޭނުންވާ އަދަދު:

 1

ތަޢްލީމާއި ތަޖްރިބާ:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

މަޤާމްގެ މަސްއޫލިއްޔަތު:

ވެރިއެއްގެ ލަފައާއި އިރުޝާދުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ ޢިލްމީ ދިރާސާތައްކުރުމާއި، އަދި ސެކްޝަން / މަޖިލީހުގެ އިދާރާގައި ކުރަންޖެހޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން

އުޖޫރަ:

 - މަހަކު -/10,750 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

 - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,500 ރުފިޔާ

 - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް: 28 މާރިޗް 2021 ން 06 އެޕްރީލް 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 6 އޭޕްރީލް 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް

https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)

25 މާރިޗު 2021
ހޯދާ